ދިވެހިރާއްޖެ
މަޤާމް :ސޭލްސް އެސިސްޓެންޓް | |
---|---|
ބޭނުންވާ އަދަދު :2 | |
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. މަޤާމް: ސޭލްސް އެސިސްޓެންޓް ބޭނުންވާ އަދަދު: 2 (ދޭއް) މުސާރަ: މަހަކު -/3،240 ރުފިޔާ ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (1 އަހަރުދުވަސް) މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަރމާޓް އެހެނިހެން ޢިނާޔަތްތައް: - އިތުރު އެލަވަންސްގެގޮތުގައި މަހަކު -/2000 ރުފިޔާއާއި -/2500 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ. - ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ދެވޭނެއެވެ. - އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މަޤާމުގެ މަސްއޫލިއްޔަތު: 1. ކަސްޓަމަރުންނާ މުޢާމަލާތުކުރުމާއި، ކަސްޓަމަރުންނަށް އެހީތެރިވުން. 2. ގުދަންތެރޭގައި މުދާ އެތުރުމާއި، ގުދަނުން މުދާ ބަލައިގަތުމާއި، މުދާ ދޫކުރުން. 3. މުދަލުގެ ހާލަތު ބެލުމާއި، މުއްދަތު ހަމަވާ ތާރީޚު ބަލައި އަންގަންޖެހޭ ފަރާތްތަކަށް އެންގުން. 4. ގުދަންތެރެ ސާފުކޮށް ބެލެހެއްޓުން. ތަޢުލީމާއި ތަޖުރިބާ: 1. ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސިބަހުންނާއި ދިވެހިބަހުން ލިޔަންކިޔަން އެނގުން. 2. މަޤާމާ ގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު މަސައްކަތުގައި އުޅެވުން. ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 11 ވާ ބުދަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. އެޕްލިކޭޝަން ފޯމު، އެސްޓީއޯ ވިލިމާލޭ ފިހާރައިންނާއި، އެސްޓިއޯގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެެވެ. ނޯޓު: - އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. - މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކަށާއި، މަސައްކަތުގެ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ. - ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑް އޮފީސް ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345 ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected] 6 ރަބީޢުލްއާޚިރު 1438 |