ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)451-HR/1/2017/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 16:00
ސުންގަޑި: 15 ޖަނަވަރީ 2017 13:30
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ (ފައުންޑޭޝަން ސްޓޭޖް /ޕްރީ ސްކޫލް ކަރިކިޔުލަމް ޑިވެލޮޕްކުރަން)  

ބޭނުންވާ އަދަދު: 

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާއޮތް އޮފީސް:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

ވަޒީފާ އަދާކުރާ ތަން:-

ސްކޫލް އޮފް އަރލީ ޗައިލްޑްހުޑް، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން، މާލެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ތަޢުލީމުގެ ޤައުމީ މަންހަޖު އެކުލަވައިލުމާއި، އެ މަންހަޖު ތަރައްޤީކޮށް ތަންފީޒުކުރުމަށް އޮފީހުން ކުރާ މަސައްކަތުގެ ބައިވެރިއެއްގެގޮތުން މަސައްކަތްކުރުން.

2. ސްކޫލްތަކަށް ގޮސް، ހެލްތު އެންޑް ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) މަންހަޖު ތަންފީޒުކުރާގޮތް ބެލުން:

(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދައިފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.

(ށ) ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

3. ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގައި ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތްކުރުން.  

4. ސްކޫލްތަކާއި ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގެ ފަންނީ މާހިރުންގެ މަޝްވަރާޔާއެކު މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.

5. ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި އަލަށް ޚިދުމަތަށް ނުކުންނަވާ ޓީޗަރުން، ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

6. ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.

7. ފައުންޑޭޝަން ސްޓޭޖް (ޕްރީ ސްކޫލް) ގުޅިގެން ބޭރުގެ އެހީތަކުން ލިބޭ ޕްރޮޖެކްޓް މަސައްކަތުގައި އެހީތެރިވެދިނުން.

8. ކަރިކިއުލަމް ޑިވިޜަނުގެ ފަންނީ ކަންކަމާއި އިދާރީ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ދިނުން.

                                          

މަޤާމުގެ ރޭންކާއި، ކްލެސިފިކޭޝަނާއި، ޝަރުޠާއި އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމް

މަޤާމުގެ ރޭންކް

މަޤާމުގެ ކްލެސިފިކޭޝަން

މަޤާމުގެ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،035 ރުފިޔާ

މަހަކު -/3،500 ރުފިޔާ

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/7،875 ރުފިޔާ

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/8،835 ރުފިޔާ

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/9،890 ރުފިޔާ

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/11،065 ރުފިޔާ

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/12،400 ރުފިޔާ

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/13،890 ރުފިޔާ

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން.

މަހަކު -/15،560 ރުފިޔާ

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށްކުރާ އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓް.

4. ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓުފިކެޓުތައްވެސް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލޭނެއެވެ.

އިންޓަވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، 16 ޖަނަވަރީ 2017 އާއި 19 ޖަނަވަރީ 2017 އާ ދެމެދުގެ ތާރީޚެއްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ، ޝަރުޠުހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި އިންސްޓިޓިއުޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަަދި މި އިންސްޓިޓިއުޓުގެ www.nie.edu.mvގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ހުށަހަޅަންޖެހޭ ތާރީޚު:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (ޣާޒީ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާ) ގެ ކައުންޓަރަށެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 15 ވަނަ ދުވަހުގެ 13:30 އެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މަރުކަޒުގެ 3323242 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

6 ރަބީޢުލްއާޚިރު 1438

04 ޖަނަވަރީ 2017