މަސައްކަތް
ނަންބަރު: GS104-A/IUL/2016/41
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 15:45
ސުންގަޑި: 10 ޖަނަވަރީ 2017 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ބޯފެނުގެ ނިޒާމް މަރާމާތުކުރުމާ ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބޯފެނުގެ ނިޒާމް މަރާމާތުކުރުމާއި ތަރައްޤީ ކުރުން:

މި ސްކޫލުގެ ބޯފެނުގެ ނިޒާމް މަރާމާތުކުރުމާއި ތަރައްޤީކުރުމަށް ކުރެވުނު ނަންބަރު: GS104-A/IUL/2016/39 (18 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތައް އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ޅައިމަގު ސްކޫލް އޮފީސް

މަޢުލޫމާތު ސާފުކުރެއްވުން.

2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 13:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

2017 ޖަނަވަރީ 17 ވާ އަންގާރަދުވަހުގެ 13:00 ގައި

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017