ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބެނުންވެއްޖެއެވެ.
މަޤާމް: |
ރިލީފް ޓީޗަރ (ކްރިއޭޓިވް އާޓް) |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަސައްކަތްކުރަން ހަމަޖެހިފައިވާ ތަން: |
މާރަންދޫ ސްކޫލް |
މަޤާމު އޮތް އޮފީހުގެ ނަން: |
ހއ. މާރަންދޫ ސްކޫލް |
ވަޒީ ފާއަދާކުރަންޖެހޭ ސެކްޝަން: |
އެކަޑަމިކް ސެކްޝަން |
||
މުއްދަތު: |
3 މަސްދުވަސް (3 މަސްދުވަހުގެ ތެރޭގައި ވަޒީފާއަށް ރަނގަޅުނަމަ، އެގްރިމެންޓް އާކުރުމުގެ ފުރުޞަތު އޮންނާނެއެވެ.)
|
މަޤާމް |
މަޤާމުގެ ރޭންކް |
މަޤާމުގެ ކްލެސިފިކޭޝަން |
މަޤާމުގެ ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ރިލީފް ޓީޗަރ |
TSO1 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ސާނަވީ ތަޢުލީމު ހާސިލުކޮށް، ދިވެހި މާއްދާއާއެކު އިތުރު ދެ މާއްދާއިން ފާސްވެފައިވާ ރިލީފް ޓީޗަރ. |
މަހަކު -/4،000 ރުފިޔާ |
މަހަކު -/1،500 ރުފިޔާ |
ޓްރެއިންޑް ޓީޗަރ |
GS4 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 1 |
ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން. |
މަހަކު -/5،020 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
MS1 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 2 |
ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ސެޓުފިކެޓު ހާސިލުކޮށްފައިވުން. |
މަހަކު -/5،610 ރުފިޔާ |
||
ގްރެޖްއޭޓް ޓީޗަރ |
MS2 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 3 |
ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ނުވަތަ އެއަށްވުރެ މަތީފާހެއް ހާސިލުކޮށްފައިވުން. |
މަހަކު -/6،290 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
ކޮލިފައިޑް ޓީޗަރ |
MS3 |
ޓީޗިންގ ސަރވިސް އޮފިސަރ ގްރޭޑް 4 |
ކިޔަވައިދިނުމުގެ ރޮނގުން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުން. |
މަހަކު -/7،035 ރުފިޔާ |
މަހަކު -/2،500 ރުފިޔާ |
އިތުރުގަޑީގެ ފައިސާ: |
އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް: |
1. މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް ތަކެތި ދަސްކޮށްދީ އޮޅުންފިލުވައިދިނުން. 2. ލެސަންޕްލޭން ތައްޔާރުކުރުން. 3. ސްކީމް ތައްޔާރުކުރުން. 4. ސްކޫލް ޓީޗަރެއްގެ ހައިސިއްޔަތުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން. |
މަޤާމުގެ މަސްއޫލިއްޔަތު |
1. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވަވައިދިނުން. 2. ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކުދިންނަށް އެ އަހަރަކަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެ ތަކެތި އުނގަންނައިދީ، އެ ކުދިންނަށް ހާސިލުވާންޖެހޭ މިންވަރަށް އެންމެ ފުރިހަމައަށް ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން. 3. ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިޔަށްއޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ދެއްކުން. 4. ސްކޫލުން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކީމް އޮފް ވޯކް ފުރިހަމަކޮށް ނިންމުން. 5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓީންގތަކުގައި ފުރިހަމައަށް ބައިވެރިވުން. 6. ސްކޫލުން ބާއްވާ ސްޓާފް މީޓިންގތަކާއި، ސެޝަން މީޓިންގތަކާއި، ބެލެނިވެރިންގެ ބައްދަލުވުންތަކާއި، މުދައްރިސުންގެ ހައިސިއްޔަތުން ބައިވެރިވުމަށް ސްކޫލުން އަންގަވާ ކޮންމެ ބައްދަލުވުމެއްގައި ފަރުވާތެރިކަމާއެކު ބައިވެރިވުން. 7. ކުދިންގެ ފޮތްތަކާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ބަލައި މާކުކުރުން. 8. މުވައްޒަފުގެ އަމިއްލަ ކުރިއެރުމަށް ހިތްވަރާއެކު މަސައްކަތްކޮށް، ސްކޫލުން ބޭނުންވާ ފެންވަރަށް މުވައްޒަފުގެ ފަންނީ ޤާބިލުކަމާއި، ޢިލްމީ ޤާބިލުކަން ކުރިއެރުވުން. 9. ސްކޫލުގެ ދަރިވަރުންގެ އަޚްލާޤާއި ސްލޫކާއި، ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކުރުން. 10. ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތަކަށް ފަރުވާތެރިވެ، ޒިންމާދާރުވެ، އަމިއްލައަށް އިސްނަގައިގެން ކުރުމަށް ޝައުޤުވެރިވުން. 11. ކިޔަވައިދިނުމަށް ބޭނުންވާ އިތުރު އެހީތައް ބޭނުންވެއްޖެ ހިނދެއްގައި އުފައްދައިގެން ބޭނުންކުރުން. 12. ކުލާހުގައި ހޭދަކުރާ ގަޑިތަކުގައްޔާއި، ސްކޫލްތެރޭގައި ހޭދަކުރާ ވަގުތުތަކުގައްޔާއި، ސްކޫލުން ބޭރުގައިވެސް އަޚްލާޤަށް ސަމާލުކަން ދިނުމާއި، ކުދިން އެގޮތުގައި ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރުން. 13. ލީޑިންގ ޓީޗަރުން އަންގާގޮތެއްގެމަތިން އިމްތިޙާނުތައް ތައްޔާރުކުރުމާއި، އިމްތިޙާންތައް ހިންގުމާއި، އިމްތިޙާން ކަރުދާސްތައް މާކްކުރުމާއި، އިމްތިޙާންތަކާ ގުޅޭ އެންމެހައި ރިކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން. 14. ކިޔައިވައިދޭ ސެސަނުގެ ކުލާސްތަކުގައި ދަރިވަރުންގެ އުނގެނުމާއި އަޚްލާޤާ ގުޅޭގޮތުން ކުދިންނާއި ބެލެނިވެރިންނަށް އޮޅުންފިލުވައިދީ ނަސޭހަތްތެރިވުން. 15. މުވައްޒަފު ނިސްބަތްވާ ހައުސް /ކްލަބް / ޑިޕާޓްމަންޓުގެ ހަރަކާތްތައް ހިންގުމުގައި އެ މުވައްޒަފެއްގެ ޤާބިލްކަން ހުރި އެންމެ މަތީ ދަރަޖައެއްގައި އެހީތެރިވެ ކާމިޔާބީއަށް މަސައްކަތްކުރުން. 16. ކިޔަވައިދޭ ވަގުތުތަކުގައްޔާއި، ކިޔަވައިދިނުމާ ގުޅޭ ހަރަކާތްތައް ހިންގާ ވަގުތުތަކުގައި ކުދިންގެ ކަންކަމުގައި ޒިންމާވެ އެކުދިން އެކަނި ދޫކޮށްނުލުން. 17. ދަރިވަރުން ގެންގުޅޭ ޓެކްސްޓް ފޮތްތަކާއި އެހެނިހެން ތަކެތި ސާފުތާހިރުކޮށް އިސްރާފުކުޑަކޮށް ގެންގުޅެވޭނެގޮތް ދަސްކޮށްދީ އެކަމަށް ބާރުއެޅުން. 18. ދިވެހި ސަރުކާރުގެ ގަވައިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވައިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސްކޫލުގެ އެންމެހައި ގަވައިދުތަކަށް ޙުރުމަތްތެރިކޮށްހިތުން. |
އިންޓަވިއު އޮންނާނެ ތަނާއި ތާރީޚު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަވިއު އޮންނާނެ ތަނާއި، ދުވަހާއި، ތާރީޚާއި، ގަޑި، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 7 ދުވަހުގެ ތެރޭގައި އަންގާނެއެވެ. |
އެހެނިހެން ޢިނާޔަތްތައް: |
ވަޒީފާޔާބެހޭ ޤާނޫނާއި، ސިވިލް ސަރވިސްގެ ގަވާއިދުގައިވާގޮތުގެމަތިން، ހަމަޖެހިފައިވާ އުސޫލުން، ޓާރމް ޗުއްޓީއާއި، އާއިލީ ޒިންމާގެ ޗުއްޓީއާއި، ސަލާމުގެ ޗުއްޓީފަދަ ޗުއްޓީތައް ލިބޭނެއެވެ. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނީ، ތަޢުލީމާއި، ތަމްރީނާއި، މަސައްކަތުގެ ތަޖުރިބާއާއި، މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތަކަށެވެ. |
ސުންގަޑި: |
ޝަރުޠު ހަމަވާ ފަރާތްތަކުން، 2017 ޖަނަވަރީ 15 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، މި ސްކޫލަށް ހުށަހެޅުން އެދެމެވެ. |
ހުށަހަޅަންޖެހޭ ތަކެތި: |
1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ. 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ. 4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ) 6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު) |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި މަދަރުސާގެ 6500535 ނަންބަރު ފޯނާއެވެ. |
7 ރަބީޢުލްއާޚިރު 1438 |