ވަޒީފާގެ ފުރުޞަތު
ނަންބަރު: GS40/2017/01
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 16 ޖަނަވަރީ 2017 12:00
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ޓީޗަރ (ޤުރްއާން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޓީޗަރ (ޤުރްއާން)

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

ވަޒީފާ އޮތް އޮފީސް: އއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ކިޔަވައިދިނުމާ ގުޅޭ ބައި، އއ. އަތޮޅު ތަޢުލީމީ މަރުކަޒު                      

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޓައިމްޓޭބަލުގައި ހަވާލުކުރެވިފައިވާ މާއްދާތަކުގެ ސްކީމާއި، ލެސަން ޕްލޭނާއި، ކިޔަވައިދިނުމުގެ އެހީ ތައްޔާރުކޮށް، ޓައިމްޓޭބަލްގައިވަ ގަޑިތައް ގަވާއިދުން ނެގުން.

2. ނަގަންޖެހޭ އެސެސްމެންޓްތައް ތައްޔާރުކޮށް، ގްރޭޑް ސުޕަވައިޒަރަށް ހުށަހަޅައި ޗެކްކުރުމަށްފަހު ނެގުމާއި، އެސެސްމެންޓް ނެގުމުގެ ކުރިން ދަރިވަރުންނާއި ބެލެނިވެރިންނަށް މަޢުލޫމާތުދީ، އެސެސްމެންޓް ނިމުމުން މާކުކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް ނަތީޖާ ހިއްސާކޮށް، ރީޓެސްޓް ނަގަންޖެހޭ ދަރިވަރުންނަށް ރީޓެސްޓް ނަގައި، އެސެސްމެންޓް ޝީޓް ޗެކްކުރުމަށް ގްރޭޑް ސުޕަވައިޒަރާ ހަވާލުކުރުން.

3. ހަވާލުކުރެވިފައިވާ ކްލާސް ޓީޗަރުކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރުން.

4. ސެޝަންތެރޭގައި ހަވާލުކުރާ ބަދަލުގަޑިތައް ނަގައިދިނުމާއި، ބަދަލުގަޑިތައް ނަގައިދިނުމުގައި ލީޑިންގ ޓީޗަރުންނަށް އެއްބާރުލުން ދިނުން.

5. ސެޝަން މީޓިންގތަކާއި، ކޯޑިނޭޝަން މީޓީންގތަކާއި، ސްކޫލުން އަންގާ އެހެނިހެން މީޓީންގތަކަށް ގަޑިއަށް ހާޒިރުވެ، އެ މީޓީންގތަކުގައި ބައިވެރިވުން.

6. ހަވާލުކުރެވިފައިވާ ކްލާހުގެ ދަރިވަރުންގެ ކިޔުމްލޭޓިވް ފައިލް ތައްޔާރުކޮށް ބެލެހެއްޓުމާއި، ކްލާސްތެރޭގައި ދިމާވާ އަޚްލާޤީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުން. މިގޮތުން އަޅަންޖެހޭ ނުވަތަ އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ގްރޭޑް ސުޕަވައިޒަރަށް ދިނުން.

7. ރަސްމީ ސެޝަނުގެ އިތުރުން އެހެން ސެޝަނެއްގެ ކްލާސްތައް ނަގައިދޭން ޖެހިގެން ސްކޫލުން އަންގާ އެންގުންތަކަށް ފުރިހަމައަށް އިޖާބަދިނުން.

8. ސަލާމާއި ޗުއްޓީ ނެގުމުގެ ކުރިން ގްރޭޑް ސުޕަވައިޒަރާ މަޝްވަރާކުރުން.

9. ސްކީމް އޮފް ވޯކާއި، ލެސަން ޕްލޭނާއި، ދަރިވަރުންގެ ފީޑްބެކްތައް، ސްކޫލުން ކަނޑައަޅާ އުސޫލަކުން ތައްޔާރުކުރަމުން ގެންދިއުމާއެކު، ހުށަހަޅަންޖެހޭ ފަރާތްތަކަށް ގަވާއިދުން ހުށަހެޅުން.

10. ޓީޗަރުންނާއި އެހެނިހެން މުވައްޒަފުންނާއި ސްކޫލުގެ ކަންކަމުގައި އަންނަ އާންމު ފަރާތްތަކާއި މުޢާމަލާތުކުރުމުގައި މަޑުމައިތިރި ސާދާގޮތް ގެންގުޅުމާއި، އެފަރާތްތަކުން އެދޭ ކަންތައްތައް ވީ އެންމެ ރަނގަޅަކަށް ކޮށްދިނުމާއި، މުޖުތަމަޢާއި ސްކޫލާ ދެމެދު ބަދަހިގުޅުމެއް ޤާއިމުކުރުމަށްޓަކައި އަބަދުވެސް މަސައްކަތްކުރުން.

11. ރަސްމީ ގަޑީގައި ސްކޫލަށް ހާޒިރުވާއިރު ރަސްމީ ހެދުމުގައި ސްކޫލަށް ހާޒިރުވުމާއި، ރަސްމީގަޑީގައި ސްކޫލުގައި ވަގުތު ހޭދަކުރުން.

12. ހަވާލުކުރެވިފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމައި، މަސްއޫލިއްޔަތު އުފުލާ ޒިންމާދާރުވުމާއި، ސްކޫލުގެ ކަންތައްތައް ހަރުދަނާކުރުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން.

13. ރަސްމީގަޑީގައި މަސައްކަތް ނިންމައި ނުލެވިއްޖެނަމަ، ނުވަތަ ކޮންމެހެން ނިންމަންޖެހޭ މަސައްކަތެއް ނިންމުމަށްޓަކައި ސްކޫލުގެ ފަރާތުން ނިކުތުމަށް އެދިއްޖެނަމަ، އިތުރުގަޑީގައި ނިކުމެގެންވެސް ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމުން.

14. މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގާ އެންގުންތަކާއި، ސްކޫލުގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލުތަކުގެ އިތުރުން ސިވިލް ސަރވިސްގެ އެންމެހައި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތައި، އެކަންކަން ތަންފީޒުކުރުމަށް މަސައްކަތްކުރުން.

15. ސްކޫލުން ފޯރުކޮށްދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފަށް ލިބިފައިވާ ހުނަރުވެރިކަމާއި ޤާބިލްކަން ބޭނުންކުރަންޖެހޭ ހާލަތްތަކުގައި އެފަދަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.

16. ތަނުގެ އާންމު މަޞްލަޙަތާއި ތަކެއްޗާއި އެހެނިހެން މުވައްޒަފުނާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ގެއްލުން ލިބޭފަދަ ކަންކަމުން ދުރުހެލިވުމާއި، އެފަދަ ކަންކަމުން ސްކޫލުގެ ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދާ ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން.

17. ސްކޫލުން ހާސިލުކުރުމަށް ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެ މުވައްޒަފެއްގެ ދާއިރާއިން ވެދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުން.

18. ސްކޫލުގެ މަސައްކަތްތަކު ގެތެރޭގައި ހިމެނޭ ކަންކަމުގައި، ސްކޫލުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުން.

މަޤާމުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

މަޤާމުގެ

ނަން

މަޤާމުގެ

ކްލެސިފިކޭޝަން

ސިވިލް ސަރވިސްގެ

ރޭންކް

އަސާސީ

ޝަރުޠު

އަސާސީ

މުސާރަ

ސަރވިސް

އެލަވަންސް

ސީނިއަރ ޓީޗަރ

ސްކޫލް ޓީޗަރސް

CS15-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،640 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،320 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/10،100 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS15-2

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިއޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/9،910 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

ޓީޗަރ

ސްކޫލް ޓީޗަރސް

CS13-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،850 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/9،360 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS13 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،890 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS13-2

ކިޔަވައިދިނުމުގެ  ރޮނގުން  ނުވަތަ  ކިޔަވައިދޭ  މާއްދާއަކުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން.

މަހަކު -/8،440 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ޓީޗަރ

ސްކޫލް ޓީޗަރސް

CS11-5

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/8،250 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-4

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،840 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-3

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2-CS11 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރުދުވަހު %85 އަށްވުރެ މަތިން މާކްސް ލިބިފައިވުން.

މަހަކު -/7،450 ރުފިޔާ

މަހަކު -/2،500 ރުފިޔާ

CS11-2

ކިޔަވައިދިނުމުގެ  ރޮނގުން  ދިވެހިރާއްޖޭގެ ޤައުމީ   ސަނަދުތަކުގެ   އޮނިގަނޑުގެ  ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދު ވެލިޑޭޓްކޮށްފައިވުން.

މަހަކު -/7،070 ރުފިޔާ

މަހަކު -/2،500 ރުފިޔާ

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:

1. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ ފަރާތެއްކަމުގައިވުން.

2. ދިވެހިބަހާއި، އިނގިރޭސިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

3. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީން.

4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.

5. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.               

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނެ ތާރީޚަކާއި ވަގުތެއް، ވަގުތުއޮއްވައި އެންގޭނެކަމުގައި ދަންނަވަމެވެ.

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު 10 މީހުންނަށްވުރެ އިތުރުވެއްޖެނަމަ، ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މަރުކަޒުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަރުކަޒުގެ އިދާރާއަށެވެ. އީ. މެއިލް ކުރަން ބޭނުންވާ ފަރާތްތަކުން، [email protected] އަށް ފޮނުވުން އެދެމެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 16 ވާ ހޯމަދުވަހުގެ 12:00 އެވެ.

ނޯޓު:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 6660020 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017