ތަމްރީނު
ނަންބަރު: (IUL)30-F/INDIV/2017/2
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 18 ޖަނަވަރީ 2017 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ފެންދޭ ނިޒާމު ގާއިމުކުރުމުގެ ޕްރޮގްރާމު ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

ފެންދޭ ނިޒާމު ގާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގައި ދަނޑުވެރިކަން ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުން ކުރާ ފެންދޭ ނިޒާމު ގާއިމުކޮށް ދިނުމުގެ ޕްރޮގްރާމެއް 2017 ވަނަ އަހަރު 2 ރަށެއްގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮގްރާމު އެ ރަށެއްގައި ހިންގައި ދިނުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެ ރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ، ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، ކޯޕަރޭޓިވްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރި ކޮށެވެ. މި ޕްރޮގްރާމުގެ ދަށުން ފެންދޭ ނިޒާމު ގާއިމު ކޮށްދެވޭނީ މިކަމަށް އެދި ހުށަހަޅާ ފަރާތުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައެވެ. ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނޭ ރަށްތައް ކަނޑައެޅުމުގައި ބަލާނީ ތިރީގައި މިވާ ކަންކަމަށެވެ.

  • ދަނޑުވެރިކަން ފުޅާ ކުރުމަށް ބިން ލިބެން ހުރި މިންވަރު
  • ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމު ޤާއިމުވެފައި ހުރި މިންވަރު
  • ރަށުގައި ދަނޑުވެރިކަން ކުރަމުންދާ ނިސްބަތް
  • ހަވާލުކުރެވޭ ސިސްޓަމްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ ޤާބިލުކަން ދައްކައިދީފައިވާ މިންވަރު.
  • ރަށުގެ ދަނޑުބިންތައް ކައުންސިލުގެ ފަރާތުން ބަލަހައްޓަމުންދާ ގޮތް
  • ދަނޑު ބިމުގައި މިހާރު ފެންދޭ ނިޒާމް ޤާއިމުވެފައި ހުރި މިންވަރު

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި މިނިސްޓްރީގެ ނަންބަރު 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

އެޕްލިކޭޝަން ފޯމު ކައުންސިލުގެ ސިޓީއަކާއެކު ހުށަހެޅުން (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބިލައްވާނެ)

www.fishagri.gov.mv  ޚިދުމަތަށް އެދޭ ފޯމު / ދަނޑުވެރިކަމާބެހޭ ދާއިރާ

ސުންގަޑި: 18 ޖަނަވަރީ 2017 ގެ 14:00 ގެ ކުރިން

 

04 ޖަނަވަރީ 2017