ދިވެހިރާއްޖެ
ހުވަދު އަތޮޅުގެ 8 ރަށަކަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި ޑަސްޓްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ ދަށުން، ހުވަދު އަތޮޅުގެ 8 ރަށަކަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި ޑަސްޓްބިން ފޯރުކޮށްދިނުމަށް ވަނީ ރާވާފައެވެ.
މިގޮތުން ސާފު ރާއްޖެ ޒޯން 6 އަދި 7 ގައި ހިންގާ ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅުގެ އަންނަނިވި ރަށްރަށަށް ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓާއި ޑަސްޓްބިން ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
- ގއ. މާމެންދޫ
- ގއ. ކޮނޑޭ
- ގދ. ހޯޑެއްދޫ
- ގދ. ނަޑެއްލާ
- ގދ. ފިޔޯރީ
- ގދ. ފަރެސްމާތޮޑާ
- ގދ. ވާދޫ
މި މަސައްކަތުގެ "ޓަރމްސް އޮފް ރެފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖަނަވަރީ 23 ވާ ހޯމަދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.
"ޕްރޮޕޯސަލް" އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބޭރުގައި "ޕްރޮޕޯސަލް" މި މަސައްކަތުގެ ނަމާއި، ހުށަ ހެޅިފަރާތުގެ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު ލިޔެފައި އޮންނަންވާނެއެވެ.
އަންދާސީހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
ފޯނު: 3018300 960+ ، ފެކްސް: 3018301 960+
އީމެއިލް : [email protected]
ވެބްސައިޓް: www.environment.gov.mv