ޢާންމު މަޢުލޫމާތު
ނަންބަރު: 216-MPAO/I/2017/1
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 09:59
ސުންގަޑި: 11 ޖަނަވަރީ 2017 00:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކުރުން

އިޢުލާން

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކުރުން

ޤާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫން) ގެ ދަށުން ގާއިމުކޮށްފައިވާ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަކީ މި ސްކީމުގެ ބައިވެރިންގެ އަތުން މެނޭޖްމަންޓް ފީއެއް ނަގައިގެން ހިންގާ ގޮތަށް ހަމަޖެހިފައިވާ ސްކީމެކެވެ. ޕެންޝަނާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގެ (ރ) އިން ބާރު ލިބިގެން އެމް.އާރް.ޕީ.އެސް ހިންގުމަށްޓަކައި ސްކީމުގެ ބައިވެރިންގެ އަތުން ނެގޭ އެޑްމިނިސްޓްރޭޓިވް ފީ އެއްގެ ގޮތުގައި 31 ޑިސެންބަރު 2014 ގެ ނިޔަލަށް ނަގާފައި ވަނީ ކޮންމެ އަހަރަކު އެ ބައިވެރިއެއްގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގައި ހުރި ޖުމުލަ އަދަދުގެ %1 އެވެ. މި އަދަދު 01 ޖަނަވަރީ 2015 އިން ފެށިގެން %0.9 އަށް ކުޑަކުރުމަށް ފަހު، 01 ޖަނަވަރީ 2017 އިން ފެށިގެން %0.8 އަށް ކުޑަކުރުމަށް މި އޮފީހުގެ ބޯޑުން މިހާރު ވަނީ ނިންމާފައެވެ.

އެމް.އާރް.ޕީ.އެސް.ގެ ބައިވެރިންގެ އަތުން ނެގޭ މި ފީއަކީ ޕެންޝަން އޮފީސް ހިންގުމަށާއި، ކަސްޓޯޑިއަންގެ ފީއަށާއި، އަދި މި ސްކީމް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ތަރައްޤީ ގެނައުމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް ނެގޭ ފީއެކެވެ. މި ފީއަކީ އަހަރަކު އެއްފަހަރު މުރާޖަޢާ ކުރަމުން އަންނަ ފީއަކަށް ވުމާއެކު، ކުރިއަށްއޮތް ތަނުގައިވެސް މި ފީއަށް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި ބަދަލުގެނެވޭނެ ކަމުގައި ދެންނެވީމެވެ.

4 ރަބީޢުލްއާޚިރު 1438

04 ޖަނަވަރީ 2017