ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 23-RBC/23/2013/19
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2013
ޕަބްލިޝްކުރި ގަޑި: 16:48
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް ކައުންސިލްގެ ޕްރީ-ރަޖިސްޓްރޭޝަންއާ ބެހޭ

މޯލްޑިވްސް މެޑިކަލް ކައުންސިލުން 1 މާރިޗް 2012 އިން ފެށިގެން ރާއްޖެ ގެނެވޭ ބިދޭސީ ޑޮކްޓަރުން ކައުންސިލުގައި ރަޖިސްޓަރީކުރެވޭ ފެންވަރު ހުރިތޯ ބެލުމަށްޓަކައި، "ޕްރީ-ރެޖިސްޓްރޭޝަން" ވަނީ ދޫކުރަން ފަށްޓަވާފައެވެ. ނަމަވެސް ކައުންސިލަށް ހުށަހެޅޭ ފޯމުތައް ފުރިހަމަނުވެ އަދި ލިޔެކިޔުންތައް ހަމަނުކޮށް ހުށަހަޅުއްވާކަން ވަނީ ކައުންސިލަށް ފާހަގަކުރެވިފައެވެ. އެހެންކަމުން 01 އޮކްޓޯބަރު 2013 އިން ފެށިގެން ޕްރީ ރެޖިސްޓްރޭޝަން ފޯމު ކައުންސިލަށް ހުށަހަޅުއްވާ ފަރާތްތަކުން  ޑޮކްޓަރުގެ "ޕްރީ-ރެޖިސްޓްރޭޝަން" ފޯމު ހުށަހަޅަންވާނީ ފޯމު ރަނގަޅަށް ފުރިހަމަކޮށް، ލިޔެކިިޔުންތައް ހަމަކުރުމަށްފަހުއެވެ. އަދި އެފޯމުގެ އެމްޕޮލޯއިމެންޓް ބައިގައި އެޑޮކްޓަރު ރާއްޖޭގައި މަސައްކަތް ކުރާތަނުގެ ގުޅޭނެ ނަންބަރާއި އެތަނުގެ ސްޓޭމްޕް ޖެހުމަށްފަހުގައެވެ. އަދި އެފަރާތުގެ ސްޓޭމްޕެއް ނެތްނަމަ އެފަރާތުގެ ސޮއި ކުރެވިފައި އޮންނަންވާނެއެވެ. މިނޫންގޮތަކަށް ހުށަހަޅުއްވާ ފޯމު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. ކައުންސިލުން ޕްރީ ރެޖިސްޓްރޭޝަން އެޕްރޫވްކުރުމަށް 2 ހަފުތާގެ މުއްދަތެއް ނަގާނެއެވެ. 2 ހަފުތާގެ މުއްދަތެއް ނަގަނީ ކައުންސިލަށް ހުށަހެޅޭ ލިޔެކިޔުންތައް ސައްޙަތޯ ބަލައި އަދި ޑޮކްޓަރު ރެޖިސްޓްރީކޮށްފައިވާ ކައުންސިލުން ވެރިފައިކުރަންޖެހޭތީއެވެ. އަދި ޕްރީ-ރަޖިސްޓްރޭޝަން އިތުރަށް ކައުންސިލުން ވެރިފައިކުރަން ޖެހިއްޖެ ހާލަތެއްގައި 2 ހަފުތާއަށްވުރެ އިތުރުވުންވެސް އެކަށީގެންވެއެވެ.

ވީމާ، 01 އޮކްޓޫބަރު 2013 އިން ފެށިގެން ޕްރީ-ރެޖިސްޓްރޭޝަން ފޯމު ބަލައިގަނެވޭނީ މަތީގައި ދެންނެވިފައިވާ އުސޫލުގެ މަތިންކަން އާންމުކޮށް އަންގާ އިޢުލާންކުރަމެވެ.

11 ޛުލްޤަޢިދާ 1434      

17 ސެޕްޓެންބަރު 2013