ކުއްޔަށް ދިނުން
ނަންބަރު: (IUL)138-AS1/138/2017/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 14:30
ސުންގަޑި: 05 ޖަނަވަރީ 2017 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ ސްޓޯލް ނަންބަރު 31 ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑު ޕްރޮޕޯސަލް ބަލައިގަތުން

އިޢުލާން

އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ ސްޓޯލް ނަންބަރު 31 ކުއްޔަށް ދޫކުރުމަށް ބާއްވާ ޕްރީބިޑް މީޓިންގ ބޭއްވުމާއި ބިޑު ޕްރޮޕޯސަލް ބަލައިގަތުން

އަލިމަސް އުފާ ކާނިވާ ސަރަޙައްދުގެ ސްޓޯލް ނަންބަރު 31 ކުއްޔަށް ހިފައިގެން ހިންގަން ބޭނުންފުޅުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2017 ޖަނަވަރީ 05 ވަނަ ދުވަހު 13:00 ގައި މި މިނިސްޓްރީގައި އޮންނާނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ 2017 ޖަނަވަރީ 12 ވަނަ ދުވަހު 12:00 ގައި މި މިނިސްޓްރީގައެވެ. ޕްރީބިޑް މީޓިންގގައި ބައިވެރިނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކުރައްވާފައެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ސިޓީއުރައިގެ ބޭރުގައި، ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރަ އެޑްރެސް ކުރެވިފައި އޮންނަންވާނީ ކޯޕަރޭޓް ސެކްޝަނަށެވެ. ޕްރޮޕޯސަލްތައް ކަނޑައި ބަލައިގަތުން އޮންނާނީ އަގު ހުށަހެޅުއްވި ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި މިނިސްޓްރީގެ ނަންބަރު 3004337 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

05 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017