ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/20171
ޕަބްލިޝްކުރި ތާރީޚް: 02 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 15 ޖަނަވަރީ 2017 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3، އެސިސްޓެންޓް ކެމެރާމަން ގްރޭޑް 3، އެސިސްޓެންޓް ޕްރޮޑިއުސަރ ޖާރނަލިސްޓް ގްރޭޑް 3
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ޓެކްނީޝަން ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ޚަބަރާއި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމާބެހޭ އެންމެހައި މަސައްކަތްތައް ކުރުން.

2. ޕްރޮގްރާމްތަކާއި، ބޮޑެތި ޕްރޮޑަކްޝަންތަކާއި، އެކިއެކި ރެކޯޑިންތައް ތައްޔާރުކުރުމާއި، އެކި އިވެންޓްތައް ކަވަރުކުރުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

3. ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ މަލްޓި ކެމެރާ ޝޫޓިންތަކުގައި، ކަޓްސުވިޗް ބޭނުންކޮށްގެން ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް ނެގުން.

މަޤާމް: އެސިސްޓެންޓް ކެމެރާމަން ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ

މަޤާމުގެ ބާވަތް:

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ކެމެރާ އޮޕަރެޓްކުރުމުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ކުރުން؛

2. ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ ވީޑިއޯ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާގޮތަށް އަދި ލިބިހުރި ވަސީލަތާއި ހާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛

3. ކޮންޓެންޓް މޭކަރގެ ހާޒިރުގައި ނޫން ހާލަތުގައިވެސް، ކޮންޓެންޓް މޭކަރ އެދޭ ވީޑިއޯއެއް ނަގަން ހަވާލުކޮށްފިނަމަ، އެ ވީޑިއޯ މެޓީރިއަލް، ލިބިހުރި ވަސީލަތާއި ހާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން؛

4. ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ނެގުން؛

5. ޕްރޮގްރާމްތަކާއި ބޮޑަތި ޕްރޮޑަކްޝަންތަކާއި އެކިއެކި ރެކޯޑިންތައް ތައްޔާރުކުރުމާއި، އެކި އިވެންޓްތައް ކަވަރުކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިންގ މަރުޙަލާގައި، ކޮންޓެންޓް މޭކަރ އެދިއްޖެ ހާލަތެއްގައި ފަންނީގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ، ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ، ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން.

މަޤާމް: އެސިސްޓެންޓް ޕްރޮޑިއުސަރ ޖާރނަލިސްޓް ގްރޭޑް 3

މުސާރައާއި އެލަވަންސް:

މަހަކު -/8000 ރުފިޔާ 

މަޤާމުގެ ބާވަތް

1 (އެކެއް) އަހަރުދުވަހުގެ ކޮންޓްރެކްޓް

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އައްޑޫ މީޑިއާ ސެންޓަރ

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

1. ރޭޑިއޯއާއި ޓީވީއާއި އޮންލައިނާއި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމުތަކަށް ޚަބަރާއި ރިޕޯޓްހަދައި ހުށަހެޅުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، އެ މަސައްކަތުގައި އެހީތެރިވެދިނުން.

2. އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯއަށާއި ޓީވީއަށް ލައިވްކުރުން.

3. ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް އުފައްދައި ހުށަހަޅައިދިނުން ނުވަތަ މިކަންކަން ކުރުމަށް އެހީތެރިވެދިނުން.

4. ނިއުސް ޑޮކިއުމެންޓްރީ އުފެއްދުން ނުވަތަ އުފެއްދުމަށް އެހީތެރިވެދިނުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

މި މަޤާމްތަކަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ސިޓީ.

2. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާސްންކްރިޕްޓްތަކުގެ ކޮޕ (ރާއްޖެއިން ބޭރުން ހަދާފައިވާ ކޯހެއްނަމަ، ސެޓުފިކެޓު ހުށަހަޅަންވާނީ ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރުމަށް ފަހުގައެވެ.)

3. ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.

4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ

7. ޕޮލިސް ރިޕޯޓް

8. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް، ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

އިންޓަވިއުކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2017 ޖަނަވަރީ 11 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ އައްޑޫ މީޑިއާ ސެންޓަރަށް ވަޒީފާއަށް އެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް، 3000210 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

4 ރަބީޢުލްއާޚިރު 1438

02 ޖަނަވަރީ 2017