ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LBS1/1/2017/6
ޕަބްލިޝްކުރި ތާރީޚް: 04 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 13:41
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މ. ދަންޑަހެލުގެ (މ.މާފަންނުއާގެއިން ދައުލަތަށް މިލްކުވެފައިވާ ބައި) ގައި، އެކި ފަރާތްތަކުން ގަވާއިދާ ޚިލާފަށް ޢިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާ މައްސަލައާބެހޭ

އިޢުލާން

މ. ދަންޑަހެލުގެ ކިޔާ ބަންޑާރަ ގޯތީގައި، (މ.މާފަންނުއާގެއިން ދައުލަތަށް މިލްކުވެފައިވާ ބައިގައި)، އެކި ފަރާތްތަކުން ގަވާއިދާ ޚިލާފަށް ޢިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާ ކަމަށް މި މިނިސްޓްރީއަށް ފާހަގަކުރެވިފައިވާތީ މިގޮތަށް ގަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ތަކެއްޗާއި ކޮށްފައިވާ ޢިމާރާތް، މިއަދުން ފެށިގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ނެގުމަށާއި، އެ ގޯތީގައި އެއްވެސް ބޭނުމެއް ކުރަމުންދާނަމަ އެކަމެއް ހުއްޓާލުމަށާއި، މ. ދަންޑަހެލުގެ ކިޔާ ބަންޑާރަ ގޯތީގައި އެއްވެސް ފަރާތަކުން މަސައްކަތެއް ކުރަމުންދާނަމަ އެކަމެއް ވަގުތުން ހުއްޓާލުމަށް އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

އަދި ދަންނަވަމެވެ. މ. ދަންޑަހެލުގެ ކިޔާ ބަންޑާރަ ގޯތީގައި ގަވާއިދާ ޚިލާފަށް ކޮށްފައިވާ ޢިމާރާތްތަކާއި ބަހައްޓާފައިވާ ތަކެތި 21 (އެކާވީސް) ދުވަހުގެ ތެރޭގައި ނުނަންގައިފިނަމަ އެ ގޯތީގައި ހުރި ތަކެތި މި މިނިސްޓްރީއިން ނަގައި، އެ ތަކެތި ނީލަން ކިޔައި ވިއްކާލައިލެވޭނެއެވެ. ނުވަތަ ނައްތާލާނެއެވެ. މިގޮތުން އެ ތަކެތި ނީލަން ކިޔައި ވިއްކާލައިގެން ނުވަތަ ނައްތާލައިގެން ލިބޭ އެއްވެސް ގެއްލުމެއްގެ ޒިންމާ މި މިނިސްޓްރީއިން ނުނަގާނެ ވާހަކަ ދަންނަވަމެވެ.

06 ރަބީޢުލްއާޚިރު 1438

04 ޖަނަވަރީ 2017