ވަޒީފާގެ ފުރުޞަތު
ނަންބަރު: AS | IUL | 2017 | 002
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 12 ޖަނަވަރީ 2017 14:00
އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑާޓާ އެންޓަރިންގ އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑާޓާ އެންޓަރިންގ އޮފިސަރ (ވަގުތީ)

ޑިޕާޓްމަންޓް: ކްލެއިމްސް އެންޑް ޕްރޮސެސިންގ

ތަޢުލީމާއި ތަޖުރިބާ:

1. ޖީ.ސީ.އީ އޯލެވެލް 4 މާއްދާއިން ފާސްވެފައިވުން.

2. މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ޤާބިލުކަން ހުރުން.

3. މައިކްރޯސްފްޓް އެޕްލިކޭޝަންސްތައް ބޭނުންކުރަން އެނގުން.

4. އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.

5. ޓީމަކާއެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. އާސަންދައިގެ ޚިދުމަތް ހޯދުމަށް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމަށް އެޅުން.

2. ސިސްޓަމަށް އަޅާފައިވާ މަޢުލޫމާތާއި، ހުށަހަޅާ އިންވޮއިސްތަކުގެ މަޢުލޫމާތު ޞައްޙަތޯ ބަލައި، މަޢުލޫމާތު ހުރީ ފުރިހަމައަށްތޯ ބަލައި ފާސްކުރުން.

މުސާރައާއި ޢިނާޔަތް:

ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި:

2017 ޖަނަވަރީ 12 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމު.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ސީވީ.

4. ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

- މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައްވެސް ބަލައެއް ނުގަނަވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017