ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-CA/IUL/2017/04
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 10 ޖަނަވަރީ 2017 12:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލު މީހުންނެވެ.

މަޤާމް:

މަސައްކަތު

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް:

- މަހަކު -/6,000 ރުފިޔާއާއި -/7,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

- މުސާރައިގެ އިތުރުން، ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: 

މާލެ ސައިޓް، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ (ވެމްކޯ)، މާލެ

ބޭނުންވާ އަދަދު:

10 (ދިހައެއް)

މަޤާމުގެ ޝަރުޠު:

1. ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ މިފަދަ މަޤާމެއްގައި އުޅެ ތަޖުރިބާ ލިބިފައިވުން.

2. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.

3. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) މާލޭގެ ސައިޓަށް ގެނެވޭ ކުންޏާ ހަވާލުވުން.

2. ވެހިކަލްތަކުގެ ކިއު ލައިން ބެލެހެއްޓުން.

3. ރީސޭލަބަލް ކުރެވިދާނެ ކުންޏާއި، ރީސައިކަލް ކުރެވިދާނެ ކުނި ވަކިކޮށް ޖަމާކުރުން.

4. ރީސައިކަލްކުރެވިދާނެ ކުނި ކޮންޕެކްޓްކުރުމުގެ މަސައްކަތްތައް ކުރުން.

5. ސައިޓާއި ސައިޓުގައި ހުރި ކުންފުނީގެ ތަކެތި ދޮވެ ސާފުކުރުން.

6. ކުންފުނިން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

1. މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛

2. މީހުންނާ ރަނގަޅަށް މުޢާމަލާތްކުރަން އެނގޭ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުގެ މައި އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޯޕަރޭޝަނުގެ ވެބްސައިޓުން (www.wamco.com.mv އިން) މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ،

4. ޕޮލިސް ރިޕޯޓު (ނެގި ފަހުން 3 މަސްދުވަސް ހަމަނުވާ)

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑިއާއި ވަޒީފާއަށް އެދި ހުށަހަޅާނެ ތަން:

2017  ޖަނަވަރީ  10  ވާ  އަންގާރަ  ދުވަހުގެ  މެންދުރު  12:00  ގެ  ކުރިން،  ވޭސްޓް  މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުން.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާނުކުރުން، 2017 ޖަނަވަރީ 11 އިން ޖަނަވަރީ 17 އަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

- ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

ނޯޓު:

މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި، ލިޔެކިޔުންތައް ހަމަނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް 3000581 ނަންބަރު ފޯނަށް، ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

5 ރަބީޢުލްއާޚިރު 1438

03 ޖަނަވަރީ 2017