ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2016/46
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 08:16
ސުންގަޑި: 12 ޖަނަވަރީ 2017 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މި އެޖޭންސީގެ ކޮމިއުނެޓީ ސަރވިސް ސެންޓަރ (ސ. ހިތަދޫ) އަށް ދީނީ ފެސިލިޓޭޓަރެއް ބޭނުންވެއްޖެއެވެ.

މަޤާމް :ދީނީ ފެސިލިޓޭޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

މަޤާމު

ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)

ބޭނުންވާ ޢަދަދު

1 (އެކެއް)

 

މުސާރަ

ކްލާސް ހިންގާ ގަޑިއިރަކަށް:-

އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން؛

މި އެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން، އުޖޫރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ކޮމިއުނިޓީ ސާރވިސް ސެންޓަރ (ސ. ހިތަދޫ)

ތަޢުލީމާއި ތަޖުރިބާ

  1. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ
  3. މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިސްލާމް ދީނުގެ ރުކުންތަކުގެ މުހިންމުކަން ކިޔަވައިދިނުން
  2. އިސްލާމީ ޝަރީޢާގެ މުހިންމުކަން ކިޔަވައިދިނުން
  3. އަޅުކަންކުރުމާއި ޒިކުރުކުރުމުގެ މުހިންމުކަން ކިޔަވައިދިނުން
  4. އިސްލާމްކަމާއި އީމާންކަން / އިސްލާމްދީނުގެ ލުއި ފަސޭހަކަން ކިޔަވައިދިނުން
  5. އިސްލާމީ ނަޒަރަކުން ޑްރަގް އެޑިކްޝަންއާ ބެހޭގޮތުން ކިޔަވައިދިނުން
  6. އިސްލާމީ ނަޒަރަކުން ކުރޭވިންގ މެނޭޖްމަންޓް ކިޔަވައިދިނުން
  7. ތަޢުބާވުމާއި މާފުކުރުމުގެ މާތްކަން ކިޔަވައިދިނުން
  8. ޢާއިލާގެ ޒިންމާ (މައިންބަފައިން، ދަރިން، ފިރިމީހާ، އަނބިމީހާގެ ޒިންމާ) ކިޔަވައިދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތު ދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

މުއްދަތު ހަމަވާ ތާރީޚާއި، ސިޓީ ހުށަހަޅާނެ ގޮތް

2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 13:00

މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ސ. ހިތަދޫ ކޮމިއުނިޓީ ސާރވިސް ސެންޓަރަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ) އަށެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3312018 އެވެ.

03 ޖަނަވަރީ 2017