ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)HR-MRH/2016/017
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 12 ޖަނަވަރީ 2017 12:00
މުލީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.

މަޤާމް:

އެސިސްޓެންޓް މެއިންޓެނަންސް އޮފިސަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް  ޓެކްނިކަލް  އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

 

ޢިނާޔަތްތައް:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތިން، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް، ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

ވަޒީފާ އޮތް ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް/ މ. މުލި

މަސައްކަތް ކުރަންޖެހޭ ތަން:

މުލީ ރީޖަނަލް ހޮސްޕިޓަލް / މ. މުލި

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ އިސްވެރިއެއްގެގޮތުން މަސައްކަތްކުރުން.

2. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް އެތަންތާނގެ އިންވެންޓްރީ ބެލެހެއްޓުވުމާއި، ބޭނުންކުރާ މެޝިންތަކާއި އިކްއިޕްމެންޓްތައް ރަނގަޅު ފެންވަރުގައި ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ހަލާކުވެގެން ބޭނުންނުކުރެވޭ ތަކެތީގެ ބަދަލުގައި ހޯދަންޖެހޭ ތަކެތި ދުރާލައި ހޯދޭނެގޮތަކަށް ވިސްނުން ބަހައްޓައިގެން އެތަކެތި ހޯދުމަށް މަސައްކަތްކުރުމާއި، ސަރުކާރުގެ މުދަލާއި ތަކެތި ނައްތައިލުމުގައި ޢަމަލުކުރަންޖެހޭ ގަވާއިދާ އެއްގޮތަށް ހުއްދަ ހޯދައި، ކަނޑައެޅިފައި އޮންނަ ގަވާއިދުން ތަކެތި ނައްތައިލުން ނުވަތަ ނީލަން ކިއުމާއި، އެކަންކަމުގެ ރިކޯޑްތައް ބެލެހެއްޓުން.

3. ހައުސްކީޕަރާއި ޓެކްނީޝަންގެ މަސައްކަތް ސުޕަވައިޒްކޮށް، ކަންކަން ރަނގަޅުކުރުމުގައި ދޭންޖެހޭ ލަފަޔާއި އިރުޝާދު ދިނުން.

4. ލޮޖިސްޓިކް މެނޭޖްމަންޓް އެންޑް މެއިންޓެނަންސް ސެކްޝަނުގެ މުވައްޒަފުން ސިވިލް ސަރވިސްގެ ގަވާއިދަށް އަހުލުވެރިކުރުވުމާއި، މުވައްޒަފުން ހޭލުންތެރިކުރުވުމުގައި ކުރަންޖެހޭ މަސައްކަތްތައް، އެޑްމިން އެންޑް ހިއުމަން ރިސޯސަސްއާ ގުޅިގެން ކުރިއަށްގެންދިއުން.

5. ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒުތަކުން މެދުނުކެނޑި ސާފުބޯފެން ލިބޭނެގޮތަކަށް ހަމަޖައްސާފައިހުރުން.

6. ހޮސްޕިޓަލް ފޮޅައިސާފުކުރުމުގެ މަސައްކަތް ހަމަޖެހިފައި އޮންނަ އުސޫލުން ހިނގާތޯ ބެލުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުވުމާއި، ފޮޅައި ސާފުކުރުމުގެ މަސައްކަތް ހަވާލުކުރެވުނު މުއްދަތު ހަމަވުމުގެ 2 މަސްދުވަސް ކުރިން އަލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރުވުމާއި، ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ފަރާތެއް ހަމަޖައްސައި، އެއްބަސްވުން ހެދުން.

7. ހޮސްޕިޓަލުގައި ބޭނުންކުރެވޭ ޖަނަރޭޓަރާއި، އެމްބިއުލާންސް ފަދަ ތަކެތި، ކަމާގުޅޭ ފަރާތްތައް މެދުވެރިކޮށް ސާރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުން.

8. ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީ މަރުކަޒުތަކުގެ އެއްގަމު އުޅަނދުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމުގައި ހޮސްޕިޓަލުން އަންގަވާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

 

 

ތަޢުލީމާއި ތަޖުރިބާ:

1. ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ރިޕެއަރ އެންޑް މެއިންޓެނަންސް، އިލެކްޓްރޯނިކްސް، މެކޭނިކް، އިންޖިނިއަރިންގ، އިލެކްޓްރިކްސް އެންޑް އިލެކްޓްރޯނިކްސްގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

 

 

 

 

 

 

 

ހުށަހަޅަން ޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އޮފީހުން، ރަސްމީ ދުވަސްތަކުގެ ހެނދުނު 8.00 އިން މެންދުރުފަހު 2.00 އަށް އޮފީހުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ސުންގަޑި:

2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހަށް ފޯމު ހުށަހަޅަންވާނެއެވެ.

 

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހު، މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރުމަށް، މުލީ ރީޖަނަލް ހޮސްޕިޓަލުގެ 6720605 ނަންބަރު ފޯނަށް، ނުވަތަ 6720603 ނަންބަރު ފޯނަށް ރަސްމީ ގަޑީގައި ގުޅުން އެދެމެވެ.

29 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016