މަސައްކަތް
ނަންބަރު: (IUL)23-AP/23/2017/1
ޕަބްލިޝްކުރި ތާރީޚް: 03 ޖަނަވަރީ 2017
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 10 ޖަނަވަރީ 2017 09:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ކ.މާފުށީ ޞިއްޙީ މަރުކަޒުގެ ދެބުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

ކ.މާފުށީ ޞިއްޙީ މަރުކަޒުގެ ދެބުރި އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ ހެނދުނު 09:30 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޖަނަވަރީ 16 ވާ ހޯމަދުވަހު ހެނދުނު 09:30 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

03 ޖަނަވަރީ 2017