ދިވެހިރާއްޖެ
އިޢުލާން
މި ސުކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މި ސުކޫލުގެ ޕްރިންސިޕަލްއާއި ޕްރިންސިޕަލްގެ ޢާއިލާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރި މި ސްކޫލުގެ ނަންބަރު GS197/IUL/2016/017 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދެއްވާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށްދިނުމަށް ޝައުޤުވެރިވެ ތިރީގައި މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 2017 ޖަނަވަރީ 11 ވާ ބުދަދުވަހުގެ 13:00 އަށް ކުއްޔަށް ދިނުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ސުކޫލަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 11:00 ން 13:30 މި ސުކޫލުން ލިބިވަޑައިގަންނަވާނެއެވެ.
- 2 ކޮޓަރި (އެޓޭޗް ފާޚާނާއެކު)، ސިޓިންގ ރޫމާއި، ކައްކައި ކެވޭގޮތަށް ހުރި ގެއެއް ކަމުގައިވުން.
- ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
- ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްފައި ހުރުން.
- ފާރުތަކުގައި ސިމެންތިޖަހައި ކުލަލާފައިހުރުން.
- ގޭގެ ހުރިހާ ތަނެއް ސީލިންގކޮށްފައި ހުރުން.
މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.
ކުލީގެ މިންވަރާއި، ކަރަންޓް ފީ ދައްކާ ގޮތާއި، ގެއާއި ސުކޫލާ ދެމެދު ހުރި ދުރުމިނާއި، ގޭގައި ދިރިއުޅޭ މީހުންނަށް ގޭގެ ވެރިފަރާތުން ކައްކައިދިނުމަށް ކަނޑައަޅާ ގޮތާއި، ގެއާއި ގޯތިތެރެ ސާފުކޮށް ބަލަހައްޓާނެ ގޮތާއި އެހެނިހެން ޚިދްމަތްތަކާއި، ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި ސެކިއުރިޓީ ބެލެހެއްޓުމާއި، ބޯފެނުގެ އިންތިޒާމް.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.