ދިވެހިރާއްޖެ
އިޢުލާން
މި އިދާރާގެ ނަންބަރު (IUL)232-AG/232/2016/49 (06 ޑިސެންބަރު 2016) މަޢުލޫމާތު ސާފުކުރުމަށްފަހު އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތް ކުރުމަށް އިޢުލާން ކުރަމެވެ.
މި އިދާރާގެ ޓޮޔޯޓޯ ވޭންގެ މިދަންނަވާ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއްޖެއެވެ.
01- ވައިޕަރ ރަނގަޅުކުރުން.
02- އެއަރކޯން ރަނގަޅުކުރުން.
03- ފަހަތު ޑިކީ ޖެކު ނައްޓައި އައު ޖެކް އެޅުވުން.
04- ކާރު ސެޓު ރަނގަޅުކުރުން.
05- އިންޖީނު މައުންޓާއި ޝޮކުތައް ރަނގަޅުކުރުން.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 8 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި އިދާރާއަށް (ކޮންފަރެންސް ހޯލް) ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 12 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.
28 ރަބީޢުލްއައްވަލް 1437