މަސައްކަތް
ނަންބަރު: GS102/IUL/2016/22
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:34
ސުންގަޑި: 09 ޖަނަވަރީ 2017 10:00
ށ. ނޫމަރާ ސްކޫލް
ދިވެހިރާއްޖެ
ފާޚާނާތައް މަރާތުކޮށް، ފާޚާނާއެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

މި ސްކޫލުގެ ފާޚާނާތައް މަރާމާތުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރުGS102/IUL/2016/12  (29 ނޮވެންބަރު 2016) އިއުލާނާ ގުޅިގެން ބިޑު ހުށަހެޅުމަށް އެކަށީގެންވާވަރަށް މީހުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މި ސްކޫލުގެ ފާޚާނާތައް މަރާމާތުކުރުން

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް (އަމިއްލަ ތަކެތީގައި) މި ސްކޫލު ދަރިވަރުން ބޭނުންކުރަމުންދާ ފާޚާނާތައް މަރާތުކޮށް ފާޚާނާއެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ހާޒިރުވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ށ.ނޫމަރާ ސްކޫލު ފާޚާނާތައް މަރާމާތުކުރުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

މައުލޫމާތު ދިނުމުގެ ސެޝަން

12 ޖަނަވަރީ 2017  11:00

09 ޖަނަވަރީ 2017 10:00

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރަން އަންނައިރު އެމީހަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް ، އިންވެސްޓްމެންޓެއް، ވިޔަފާރިއެއްކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ ރަސްމީ ގަޑީގައި މި ސްކޫލުގެ ނަންބަރު 6540583 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ޑިސެންބަރު 2016