ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2016/63
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:22
ސުންގަޑި: 12 ޖަނަވަރީ 2017 13:30
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މި ސެންޓަރުން ކޮށްފައިވާ ނަންބަރު (IUL)CHSE-SMT/1/2016/59 ގެ އިޢުލާން ބާޠިލުކޮށް، އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާން ކުރަމެވެ.

މަޤާމް: އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ރޭންކް: އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

މުސާރަ: މަހަކު -/7035 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

އެހެނިހެން ޢިނާޔަތް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އޮތް އޮފީސް: ލ. އަތޮޅު ތަޢުލީމީ މަރުކަޒު، ލ. ފޮނަދޫ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ލ. އަތޮޅު ތަޢުލީމީ މަރުކަޒު / އިދާރީ  

މަޤާމުގެ ޝަރުޠު: 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ދާއިރާތައް:

- އެކައުންޓިންގ

- ފައިނޭންސް

- ބިޒްނަސް އެޑްމިނިސްޓްރޭޝަން

- މެނޭޖްމެންޓް

- ސްކޫލް މެނޭޖްމެންޓް

- ކިޔަވައިދިނުމުގެ ދާއިރާ

- އިންފޮމޭޝަން ޓެކްނޮލޮޖީ

- ހިއުމަން ރިސޯސަސް މެނޭޖްމެންޓް

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.

2. އަލަށް މާލެއަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި، ވިސާއާއި، ވާރކްޕަރމިޓުގެ ކަންތައްތައް ދުވަހުން ދުވަހަށް ބަލަހައްޓައި ކުރިއަށްގެންދެއްވުން.

3. ޔައުމިއްޔާ ލިޔުއްވުމާއި ފައިލްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާ މުވައްޒަފުން އެކަންކުރާގޮތް ބެލުން.

4. ތިޖޫރީއާއި ފައިސާއާބެހޭ މަސައްކަތްތައް ބެލެހެއްޓުން.

5. މުވައްޒަފުންގެ ރަޖިސްޓްރީ ކަންތައްތައް ބެލެހެއްޓުން.

6. މި ސެންޓަރުގެ ހުރިހާ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން.

7. މުވައްޒަފުންގެ ހާޒިރީއާއި ޓީޗަރުންގެ ހާޒިރީ ބެލެހެއްޓުން.

8. އިމާރާތާއި ފަރުނީޗަރާއި އެހެނިހެން ތަކެތި މަރާމާތުކުރުމުގެ ކަންތައް ބެލެހެއްޓުން.

9. މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުން ކުރޭތޯ ބެލުން.

10. މަސައްކަތުމީހުންގެ މަސައްކަތްތައް، އެމީހުން ކުރަމުންދާގޮތް ގަވާއިދުން ބެލެހެއްޓުން.

11. އެކި މުނާސަބަތުތަކަށް ހޯލާއި ކްލާސް ރޫމްތައް، ކަނޑައަޅޭ ތާވަލާ އެއްގޮތަށް މަސައްކަތު މީހުން ލައްވާ ތައްޔާރުކުރުވުން.

12. ސްކޫލް ބޯޑުގެ މަސައްކަތާއި، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރުން.

13. ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރުން.

14. މުސާރަދިނުމުގެ މަސައްކަތް ބެލެހެއްޓުން.

15. މުވައްޒަފުންގެ ޗުއްޓީގެ ކަންތައްތައް މަސައްކަތަށް ދަތިނުވާނެހެން ރާވައި ބެލެހެއްޓުން.

16. މުވައްޒަފުންގެ ސަލާމުގެ ކަންތައްތައް ބެލެހެއްޓުން.

17. އެގްޒާމްތަކަށް ގޮނޑި މޭޒުފަދަ ތަކެތި ޖެހުމުގެ ކަންތައް ބެލެހެއްޓުން.

ވަޒީފާއަށް  އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

4. ޕްރެޒެންޓޭޝަން ހުށަހެޅުން.

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 15 ޖަނަވަރީ 2017 އާއި 5 ފެބުރުވަރީ 2017 އާ ދެމެދުގެ ތާރީޚެއްގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު  (އެޕްލިކޭޝަން ފޯމު، މި ސެންޓަރުގެ ކައުންޓަރުން، ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:30 އިން 13:30 އަށް ލިބެން ހުންނާނެއެވެ. އަދި މި ސެންޓަރުގެ www.chse.edu.mv ގެ ވެބްސައިޓުންނާއި ސިވިލް ސަރވިސް ކޮމިޝަނުގެ މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެވެ.)

2- ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ-

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކުރިމަތިލުމުގެ މުއްދަތާއި، ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިލަތިލާން އެދޭ ފަރާތްތަކުން، މަތީގައިއެވާ ލިޔުންތައް، 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، މި ސެންޓަރަށް ހުށަހެޅުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސްލިބޭ، އަދި އެންމެ ޤާބިލް ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 3321330 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016