ދިވެހިރާއްޖެ
އިޢުލާން
މަރާމާތުކުރުމުގެ ބައެއް މަސައްކަތްތައް ކުރުމާބެހޭ:
މި މަދަރަސާގެ މިދަންނަވާ ބައެއް މަސައްކަތްތައް ކުރަން ބޭނުންވެއެވެ.
1- ބޯފެނުގެ ނިޒާމު ރަނގަޅުކުރުން.
2- ފާޚާނާ ނިޒާމު ރަނގަޅުކުރުން
3- ވިއްސާރަ މޫސުމުގައި ރޫމްތަކަށް ފެންލީކުވުން ރަގަޅުކުރުން.
4- ކެމިސްޓްރީ ލެބް މަރާމާތުގެ މަސައްކަތް
5- ހެލްތު / ކައުންސިލް ރޫމްގެ ވަގުތީ އިންތިޒާމުގެ މަސައްކަތް.
އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މި މަދަރުސާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.
މަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކޮށްދިނުން |
އަންދާސީހިސާބު ބަލައިގަތުން |
2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 13:30 |
2017 ޖަނަވަރީ 12 ވާ އާދީއްތަދުވަހުގެ 13:30 |
މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.
މި މަސައްކަތް ކުރުމަށް ކުރެވުނު (IUL)GS-51-Dpt-101/INDIV/2016/37 ނަންބަރު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކުރީމެވެ.