ތަމްރީނު
ނަންބަރު: (IUL)166-Schol/166/2016/133
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:55
ސުންގަޑި: 08 ޖަނަވަރީ 2017 13:30
ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސް އިން ދެއްވާ ފުލް އަދި ޕާރޝަލް ސްކޮލަރޝިޕްސް

ސްކޮލަރޝިޕްގެ ފުރުޞަތު

އިންޑިއާ

ޤައުމު:

ކޯހުގެ މުއްދަތު: 3 އަހަރު

-   ބެޗްލަރސް އިން ޖާނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން

-   ބެޗްލަރސް އޮފް ސައިންސް (މެޑިކަލް ލެބް ސައިންސަސް)

-   ބެޗްލަރސް އޮފް ސައިންސް (އެއަރލައިންސް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ)

-   ބެޗްލަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން

-   ބެޗްލަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން

-   ބެޗްލަރސް އިން ކޮމާރސް

-   ބެޗްލަރސް އޮފް ސައިންސް (ބަޔޮޓެކްނޮލޮޖީ)

-   ބެޗްލަރސް އޮފް ސައިންސް އިން ފެޝަން ޑިޒައިނިންގ

ކޯހުގެ ދާއިރާ

ކޯހުގެ މުއްދަތު: 4 އަހަރު

-   ބެޗްލަރސް އިން ހޮޓެލް މެނޭޖްމަންޓް (ހަމައެކަނި ޕާޝަލް ސްކޮލަރޝިޕް)

-   ބެޗްލަރސް އިން ފާމަސީ (ހަމައެކަނި ޕާޝަލް ސްކޮލަރޝިޕް)

ކޯހުގެ މުއްދަތު: 2 އަހަރު

-   މާސްޓަރސް އިން ފާމަސިއުޓިކްސް

-   މާސްޓަރސް އިން ކޮމްޕިއުޓަރ އެޕްލިކޭޝަން

-   މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (ހަމައެކަނި ޕާޝަލް ސްކޮލަރޝިޕް)

-   އެމް.ބީ.އޭ (ސްޕެޝަލައިޒޭޝަން- އިންޓަރނޭޝަނަލް ބިޒްނަސް) - (ހަމައެކަނި ޕާޝަލް ސްކޮލަރޝިޕް )

ބެޗްލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން.

2. ޖީ.ސީ.އީ އޭލެވްލް އިމްތިޙާނުގެ 03 މާއްދާއިން 'އީ' އިން ފެށިގެން މަތީގްރޭޑެއް ހާސިލުކޮށްފައިވުން. (ބަޔޮޓެކްނޮލޮޖީއާއި،  މެޑިކަލް ލެބް ސައިންސަސްއަށް އެޕްލައިކުރާއިރު، 03 މާއްދާގެ ތެރޭގައި ފިޒިކްސްއާއި، ކެމިސްޓްރީ ހިމެނެން ޖެހޭނެއެވެ. އަދި މީގެ އިތުރުން ހިސާބު ނުވަތަ ބައެލޮޖީ، މި ދެ މާއްދާއިން ކުރެ 1 މާއްދާ ހިމެނެންޖެހޭނެއެވެ.)

3. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ 5 ފާހުގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އެއާ އެއްފެންވަރު އިމްތިޙާނަކުން އިނގިރޭސިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވުން ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވުން ނުވަތަ IELTS އިން 6.0 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވުން.

މާސްޓަރސް ޑިގްރީ

4. ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން

5. އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުނުފަހުން ތިރީގައިވާ މުއްދަތަށް، 8 ޖަނަވަރީ 2017 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން.

ހ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ފުލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 2 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ށ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ޕާޝަލް ސްކޮލަރޝިޕެއްގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1.5 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ނ. ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ލޯނު އެހީގެ ދަށުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރެއް ނަމަ މަދުވެގެން 1 އަހަރުދުވަހު ޚިދުމަތްކޮށްފައިވުން.

ރ. އަމިއްލަ ގޮތުން ތަޢުލީމު ހާސިލުކޮށްފައިވާ ދަރިވަރުން ޚިދުމަތްކުރުމުގެ މި ޝަރުޠު ފުރިހަމަވާކަށް ނުޖެހޭނެއެވެ.

6. ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ބޭންކަކުން ކިޔެވުމަށް ނަގާފައިވާ ލޯނެއް އަނބުރާ މުޅިން ދައްކައި ޚަލާޞްކޮށްފައިވާ ފަރާތެއްކަމުގައިވުން. ލޯނު މުޅިން ނުދައްކާ ފަރާތްތަކަށާއި މި އިޢުލާނުގައިވާ ބައެއް އެހެނިހެން ޝަރުޠުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ފުރުޞަތު ލިބޭނީ މި އިޢުލާނުގެ އިތުރު މަޢުލޫމާތުގައި ހިމެނިފައިވާ "ސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގައި ޢަމަލުކުރެވޭ ޚާއްޞަ އުސޫލު (ސްޕެޝަލް ކްރައިޓީރިއާ)" ގެ ދަށުންނެވެ. މި އުސޫލު މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv ގައި އަޕްލޯޑް ކުރެވިފައިވާނެއެވެ.

ކޯހުގެ ޝަރުޠު:

  • މި ސްކޮލަރޝިޕްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ 2017 ވަނަ އަހަރުއެވެ.
  • މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅޭނީ އެއް އެޕްލިކޭޝަން ފޯމެވެ. އެއް ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • މި ކޯހަށް އެދި ހުށަހަޅާ ދަރިވަރަކީ، އިޢުލާން ކުރެވިފައިވާ ކޯހާއި އެއް ފެންވަރެއްގެ ނުވަތަ އެއަށް ވުރެ މަތީ ފެންވަރެއްގެ ކޯހެއް މީގެ ކުރިން ފުރިހަމަކޮށްފައިވާ ދަރިވަރެއްކަމުގައި ވެގެން ނުވާނެއެވެ. އަދި އެއާ އެއް ފެންވަރެއްގެ ކޯހެއް މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައިވެސް ވެގެން ނުވާނެއެވެ.
  • މި ސްކޮލަރޝިޕްގެ ދަށުން މަތީ ތަޢުލީމު ހާސިލުކުރުމަށް ފުރުޞަތު ލިބޭ ދަރިވަރުން ކިޔަވައި ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. އަދި ދިވެހި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި މި ބޮންޑުގެ ދަށުން ސަރުކާރަށް ޚިދުމަތްކުރަންވާނެއެވެ.
  • ބައިލެޓަރަލް އެހީގެ ދަށުން ރާއްޖެއަށް ލިބެމުންދާ ކޯސްތަކަށް މި ޑިޕާޓްމަންޓުން ކެންޑިޑޭޓުން ނޮމިނޭޓް ކުރެވުނު ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ދިމާވާ އެއްވެސް މައްސަލައެއްގައި ސްކޮލަރޝިޕް ކެންސަލް ކޮށްފިނަމަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެ ފުރުޞަތު ނުވަތަ އޭގެ ބަދަލުގައި އެހެން ފުރުޞަތުތަކެއް އެ ދަރިވަރަކަށް ހޯދައިދޭ އުސޫލެއް ނޯންނާނެ ކަމުގައި ދަންނަވަމެވެ.
  • މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަންގެ ދަށުން ނޮމިނޭޓްވާ ކެންޑިޑޭޓަކު ސްކޮލަރޝިޕް ދޫކޮށްލައިފިނަމަ، "މަތީތަޢުލީމާއި ތަމްރީނަށް ސަރުކާރުގެ އެހީގައި ނުވަތަ ސަރުކާރު މެދުވެރިވެ ސްކޮލަރޝިޕް އެހީއާއި ލޯނު އެހީގައި ދާ ފަރާތްތަކުން ފުރުޞަތު ދޫކޮށްލުމުން ނުވަތަ ކޯސް ފުރިހަމަ ނުކުރުމުން ފަދަ ސަބަބުތައް މެދުވެރިވުމުން ދަރިވަރުން ބްލެކް ލިސްޓް ކުރުމާބެހޭ އުސޫލު" ގެ ދަށުން ބްލެކްލިސްޓް ކުރެވޭނެއެވެ.
  • މި ކޯހަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުގެ ނޮމިނޭޝަން ލިސްޓް، މި ޑިޕާޓްމަންޓުގެ ވެބްސައިޓް: www.dhe.gov.mv އަށް އަޕްލޯޑް ކުރެވޭނެއެވެ.
  • މި އިޢުލާނުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ސެޓުފިކެޓުތައް އެޓެސްޓް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އިޢުލާންގެ ސުންގަޑި ހަމަވުމުގެ 1 ދުވަސް ކުރިއަށް ކޮންމެ ރަސްމީ ދުވަހަކުވެސް އެޓެސްޓް ކޮށްދެވޭނެއެވެ.
  • މި ކޯސްތަކުގެ އިތުރު ޝަރުޠުތަކާއި ކޯހާބެހޭ މަޢުލޫމާތު ޕީ.ސީ.ޓީ.އީ ގްރޫޕް އޮފް އިންސްޓިޓިއުޓްސްގެ ވެބްސައިޓް www.pcte.edu.in އަދި މި ޑިޕާޓްމަންޓްގެ ވެބްސައިޓް www.dhe.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި ސްކޮލަރޝިޕްތަކަށް ނޮމިނޭޓްވާ ކެންޑިޑޭޓުންގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ޕީ.ސީ.ޓީ.އީ އިންނެވެ.

އިތުރު މަޢުލޫމާތު:

  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަންގެ އެޕްލިކޭޝަން ފޯމާއި، އެ ފޯމްގައި ބަޔާންކޮށްފައިވާ ތަކެތި.
  • ތަޢުލީމީ ސެޓުފިކެޓުތަކާއި، ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް،  ސަރުކާރު އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑުޖެހި އަސްލު. (އޮރިޖިނަލް އެޓެސްޓް ސެޓުފިކެޓު)  އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުން ނަގާފައިވާ ކޮޕީ، ސެޓުފިކެޓުގެ އަސްލުގައި ދެފުށް ވާނަމަ ދެފުށުގެ ކޮޕީ ނުނަގައި އެޓެސްކޮށްފައިވާ ސެޓުފިކެޓުތަކާއި، އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކުގެ ސްކޭން ކޮޕީ ގަބޫލެއް ނުކުރެވޭނެއެވެ. (އެޓެސްޓް ކުރަންވާނީ އިނގިރޭސި ބަހުންނެވެ.) 
  • އެޓެސްޓްކޮށްފައިވާ ލިޔުމުގައި އެޓެސްޓްކޮށްފައިވާ ލޯފާމެއްގެ / އޮފީހެއްގެ ތައްގަނޑާއި ތަނުގެ ނަން، ސޮއިކުރެއްވި ބޭފުޅެއްގެ ނަން، މަޤާމު، ތާރީޚު އޮންނަންވާނެއެވެ. އެހެން މީހެއްގެ ބަދަލުގައި ނުވަތަ އެހެން މީހެއްގެ ފަރާތުން ކުރާ އެޓެސްޓޭޝަންތައް ވެސް ހުންނަންވާނީ މި ފަދައިންނެވެ. އެޓެސްޓޭޝަން ފުރިހަމަނޫން ނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
  • ޖީ.ސީ.އީ އޯލެވެލް/އައި.ޖީ.ސީ.އެސް.ސީ އިނގިރޭސި ނުވަތަ އެއާ އެއްފެންވަރެއްގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ނުވަތަ ސީ.އޭ.އީ/ސީ.ޕީ.އީ އިމްތިޙާނުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް  ނުވަތަ TOEFL އިން 550 އިން ފެށިގެން މަތި ލިބިފައިވާކަން ނުވަތަ IELTS އިން އޯވަރރޯލ ސްކޯރ 5.5 އިން ފެށިގެން މަތީ ސްކޯރއެއް ލިބިފައިވާކަން އަންގައިދޭ ލިޔުން
  • އެންމެ ފަހުން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން ތަޢުލީމު ހާސިލުކުރުމަށް އެހީ ލިބުމަށްފަހު، މި އިޢުލާނުގައިވާ ކޯހުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ، ޝަރުޠު ނަންބަރު 5 ގައި ބަޔާންކޮށްފައިވާ މުއްދަތަށް 8 ޖަނަވަރީ 2017 ގެ ނިޔަލަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވާކަން ސާބިތުކޮށް ދިނުމުގެ ގޮތުން، ޚިދުމަތްކުރި މުއްދަތު ބަޔާންކޮށް ޚިދުމަތްކުރި ފަރާތުން ދީފައިވާ ލިޔުން.
  • ސަރުކާރަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މީހަކު ނަމަ، އެ ބޮންޑެއް އޮތް ތަނަކުން އެ މީހަކު މި ކޯހަށް ދޫކުރާނެ ކަމުގެ ލިޔުން
  • ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން ނުވަތަ މި ޑިޕާޓްމަންޓް މެދުވެރިވެގެން ކިޔެވުމަށް ބޭންކަކުން ލޯނެއް ނަގާފައިވާނަމަ ގަވާއިދުން ލޯނު ދައްކަމުންދާކަމުގެ ރަސްމީ ލިޔުމާއި، މި ކޯހަށް ނޮމިނޭޓް ވެއްޖެނަމަ މި ކޯސް ހަދަމުންދާ މުއްދަތުގައިވެސް ލޯނު ދައްކަމުންގެންދާނެ ކަމަށް އެއްބަސްވާކަމުގެ ލިޔުން
  • މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައިކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 2017 ޖަނަވަރީ  ވާ އާދީއްތަދުވަހުގެ 13.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ކައުންޓަރ (ވެލާނާގެ / 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމުގެ މާނައަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ޑޮކިއުމަންޓްތަކެއް ހަމަކުރުމަށްފަހު ސިޓީއުރައަށްލާ ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ނަން، އެޑްރެސް، ސްކީމް، ކޯހުގެ ނަން ލިޔުމަށްފަހު، މި ޑިޕާޓްމަންޓްގެ ކައުންޓަރަށް ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅުމެވެ.

ކޯހަށް އެދޭ ފޯމު، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 13:30 އަށް ވެލާނާގޭ 2 ވަނަ ފަންގިފިލާގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި، މި ޑިޕާޓްމަންޓްގެ ވެބްސައިޓުން (www.dhe.gov.mv) ލިބެން ހުންނާނެވެ. އިތުރު މަޢުލޫމާތު 3341392 އަދި 3341307 އިން ލިބިވަޑައިގަންނަވާނެއެވެ.

 

 

29 ޑިސެންބަރު 2016