ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2016/65
ޕަބްލިޝްކުރި ތާރީޚް: 28 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 12 ޖަނަވަރީ 2017 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

މަޤާމް :އެސިސްޓެންޓް އޮފިސަރ (ގްރޭޑް1)
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމުގެ ނަން: އެސިސްޓެންްޓް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން: އޮޑިޓަރ ޖެނެރަލްގެ އޮފީސް

ޔުނިޓް: އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް

އަސާސީ މުސާރަ: މަހަކު -/4،000 ރުފިޔާ (ހަތަރުހާސް ރުފިޔާ)

ސަރވިސް އެލަވަންސް: ދުވާލަކަށް 163/33 (ސަތޭކަ ފަސްދޮޅަސް ތިންރުފިޔާ ތިރީސް ތިންލާރި)

ލިވިންގ އެލަވަންސް: މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

ޕްރޮފެޝަނަލް އެލަވަންސް: ޑިޕްލޮމާ ހާސިލުކޮށްފައިވާނަމަ، މަހަކު -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ)                        

އަސާސީ ޝަރުޠު

1. މެނޭޖްމަންޓުގެ ދާއިރާއިން ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލުކޮށްފައިވުން. އަދި؛

2. އިންޓަވިއުގައި މި މަސައްކަތަށް ޤާބިލް މީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުޠު:

1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.

3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކުކަމުގައި ނުވުން.

4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.

5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ އާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކުކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު:

1. މި އޮފީހުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޔައުމިއްޔާ ބެލެހެއްޓުން.

2. އޮފީހުގެ އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓުގެ މަސައްކަތާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

3. މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ www.audit.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.) )

2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

3. ވަކިފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި، މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ، އަސާސީ ޝަރުޠު ހަމަވެ، ސެޓުފިކެޓު ލިބިފައި ނުވާނަމައެވެ.)

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި:

2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގުގެ 1 ވަނަ ފަންގިފިލަޔަށް).

އިންޓަވިއު:

1. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ، މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓު ކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން، އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

2. އިންޓަވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، 1 ވަނަ ނަންބަރުގައިވާގޮތަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަނުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު:

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ.  ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ، [email protected]  އެވެ.  

29 ރަބީޢުލްއައްވަލް 1438

28 ޑިސެންބަރު 2016