މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2016/115
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 04 ޖަނަވަރީ 2017 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ. ހުޅުމީދޫގައި ޓްރާންސްފޯމަރ ހަޓެއް ޢިމާރާތް ކުރުމާގުޅޭ

އިޢުލާން

ސ. ހުޅުމީދޫގައި ޓްރާންސްފޯމަރ ހަޓެއް ޢިމާރާތްކުރުމާގުޅޭ

މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ސ. ހުޅުމީދޫގައި ޓްރާންސްފޯމަރ ހަޓެއް ޢިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 04 ވާ ބުދަދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ސ. ހިތަދޫ ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 08 ވާ އާދީއްތަދުވަހުގެ 12:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މި ކުންފުނީގެ ސ. ހިތަދޫ ބްރާންޗަށެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.   

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016