ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2016/99
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:42
ސުންގަޑި: 10 ޖަނަވަރީ 2017 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ޕްރޮޖެކްޓް ކޯޑިނޭޓަރެއް ބޭނުންވެއްޖެ

އިޢުލާން

އައި.ޓީ ޕްރޮޖެކްޓްތަކުގައި މަސައްކުރާނެ ޕްރޮޖެކްޓް ކޯޑިނޭޓަރެއް ބޭނުންވެއްޖެ:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތްކުރާނެ، ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހަކު ހޯދަން ބޭނުންވެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 އަހަރުދުވަސް ( މަސައްކަތުގެ ފެންވަރު ބެލުމަށްފަހު މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.)

އުޖޫރަ:

މަހަކު -/15،000 ރުފިޔާ

ފެންވަރު/ޝަރުޠު:

1. ޑިޕްލޮމާ ހާސިލުކޮށްފައިވުން.

2. އައި.ޓީ ދާއިރާއަށް 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި، "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ www.ncit.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

މައިގަނޑު މަސައްކަތްތައް:

1. މުޖުތަމަޢު އައި.ސީ.ޓީ ދާއިރާއިން އިތުރަށް ހޭލުންތެރިކުރުވުމަށް އައި.ސީ.ޓީ ދާއިރާއިން އެވެއަރނަސް/ތަމްރީން ޕްރޮގްރާމް ރާވައި، ހިންގުން.

2. ހިންގާ ތަމްރީން ޕްރޮގްރާމްތަކާ ގުޅޭގޮތުން، ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ހިންގައި ބަލަހައްޓައި، ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށް އެންމެހައި ލިޔެކިއުންތައް ބެލެހެއްޓުން.

3. އައި.ޓީ އިންކިއުބޭޓަރ ޕްރޮގްރާމް ހިންގައި ބެލެހެއްޓުން.

4. ޓްރޭނިންތައް ހަމަޖައްސާއި ހިންގުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރަމުންދަނީ ކަނޑައަޅާފައިވާ އުސޫލްތަކާ އެއްގޮތަށްތޯ ބެލެހެއްޓުން.

5. އެން.ސީ.އައި.ޓީ އިން ހިންގާ ޕްރޮޖެކްޓްތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތަކެއް ޕްރޮސީޖަރތަކާ އެއްގޮތަށް ކުރުން.

6. އަމިއްލަ އިސްނެގުމާއެކު، ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 10 ވާ އަންގާރަ ދުވަހުގެ 1400 ގެ ކުރިން، މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ހުށަހެޅުން އެދެމެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 4000 334 (960)، ފެކްސް ނަންބަރު: 4004 334 (960) 

އީމޭލް އެޑްރެސް: [email protected]   

ވެބްސައިޓް: www.ncit.gov.mv

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 4000 334 (960) ނަންބަރު ފޯނަށެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016