ދިވެހިރާއްޖެ
މަޤާމް :ފާމަސީ އެސިސްޓެންޓް | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :2 | |||||||||||||
އިޢުލާން ވަޒީފާގެ ފުރުޞަތު: ތިރީގައިމިވާ މަޤާމުތަކަށް ދެއަހަރުދުވަހުގެ ކޮންޓުރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު: * ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން. * ބިލް ހެދުން * މުއްދަތުހަމަވާ ބޭސްތައް ޗެކުކުރުންް. * ރެކްތަކުގައި ބޭސް އެތުރުން. * ކްރެޑިޓް ބިލު ޗެކްކުރުން. * އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓުން. ތަޢުލީމާއި ތަޖުރިބާ * ފާމަސީ އެސިސްޓެންޓް ކޯސް / ޓިވެޓް އޮންލައިން ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން. * ކޮމްޕިއުޓަރ ސްކިލްސް (ވޯރޑް އެންޑް އެކްސެލް) އެހެނިހެން ޢިނާޔަތްތައް: * އިތުރު އެލަވަންސް: މަަހަކު -/1500 ރުފިޔާއާއި -/2450 ރުފިޔާއާ ދެމެދުގެ އަދަދެއް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ހަމަޖައްސައިދެވޭނެއެވެ. * އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. * މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ. * ހަމަޖެހިފައިވާ އުސޫލުން، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާ، އެޓެންޑެންސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ. * މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު) ސުންގަޑި: - މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ 12:30 ގެ ކުރިން، އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު، ތިރީގައިވާ އެޑުރެހަށް ހުށަހެޅުން އެދެމެވެ. - އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ. ނޯޓު: - ހުށަހަޅާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގައި އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ. - މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ. - މުސާރަ ހަމަޖައްސާނީ ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކަށް ބަލާފައެވެ. - އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭ އެޑްރެސް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ، ހެޑު އޮފީސް ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345 ފޯން: 3344368 / 3344179، ފެކްސް: 3344041، ވެބްސައިޓް: www.sto.mv އީމެއިލް އެޑްރެސް: [email protected] 29 ރަބީޢުލްއައްވަލް 1438 |