ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-BR/1/2016/230
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 16:01
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނައުން

އިޢުލާން

ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނައުން

2017 ޖަނަވަރީ ވާ 02 ހޯމަދުވަހުން ފެށިގެން މި މިނިސްޓްރީގެ ކައުންޓަރުން ޚިދުމަތް ހޯއްދަވާ ފަރާތަކަށް، ޚިދުމަތުގެ ޓޯކަން ނަންބަރު ދޫކުރާ ވަގުތަށް ވަނީ ބަދަލުގެނެވިފައެވެ. މިގޮތުން މިމިނިސްޓްރީގެ ކައުންޓަރުންދެވޭ ޚިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ޚިދުމަތުގެ ޓޯކަން ނަންބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން މެންދުރުފަހު 12:30 އަށެވެ. އަދި 2017 ޖަނަވަރީ 02 ވާ ހޯމަދުވަހުން ފެށިގެން މިނިސްޓްރީގެ ކައުންޓަރުގެ ޚިދުމަތް ފެށޭ ގަޑިއަކީ 8:00 ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިގޮތަށް ޚިދުމަތުގެ ގަޑިއަށް ބަދަލު ގެނެވުނުކަމުގައިވިޔަސް މިނިސްޓްރީން ދެވޭ ޚިދުމަތްތަކަށް ކްލަޔަންޓް ޗާޓަރުގައި ބަޔާންކުރެވިފައިވާ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

‏30‏ ރަބީޢުލްއައްވަލް‏ 1438

29 ޑިސެންބަރު 2016