ކުއްޔަށް ހިފުން
ނަންބަރު: (IUL)167-PR/1/2016/78
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި:
05 ޖަނަވަރީ 2017 10:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތަކެތި ސަޕްލައި ކޮށްދޭނެ ދޯއްޏެއް ކުއްޔަށް ހިފުމަށް
އިޢުލާން
ތަކެތި ސަޕްލައިކޮށްދޭނެ ދޯއްޏެއް ކުއްޔަށް ހިފުމަށް:
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ ޖަލުތަކަށް ތަކެތި ސަޕްލައި ކޮށްދޭނެ ދޯއްޏެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުމަށް |
05 ޖަނަވަރީ 2017 |
ބުރާސްފަތި |
10:00 |
އަންދާސީހިސާބު ހުށަހެޅުން |
12 ޖަނަވަރީ 2017 |
ބުރާސްފަތި |
14:00 |
29 ރަބީޢުލްއައްވަލް 1438
29 ޑިސެންބަރު 2016