ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 164/1/2016/98
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 10 ޖަނަވަރީ 2017 14:00
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
ސޮފްޓްވެއަރ ޑިވަލޮޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީގައި މަސައްކަތްކުރާނެ، ހީވާގި، ޤާބިލް، މަސައްކަތަށް ޝައުޤުވެރިވާ މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމް:

ސޮފްޓްވެއަރ ޑިވެލޮޕަރ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތުގެ މުއްދަތު:

1 (އެކެއް) އަހަރުދުވަސް (މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، މުއްދަތު އިތުރުކުރެވޭނެ)

މަސައްކަތުގެ ވަގުތު:

ބަންދުނޫން ކޮންމެ ދުވަހަކު، ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި، ހަވީރު ފަހެއްޖަހަންދެން މަސައްކަތް ކުރަންވާނެއެވެ.)

އުޖޫރަ:

އަސާސީ މުސާރަ: މަހަކު -/15،000 ރުފިޔާ

ޕާފޯމަންސް އެލަވަންސް: މަހަކު -/3،000 ރުފިޔާ

ފެންވަރު/ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ސީދާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

2. PHP ނުވަތަ NET ޓެކްނޮލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

Javascript، HTML5، CSS .3 ފަދަ ވެބް ޓެކްނޯޮލޮޖީ ބޭނުންކޮށްގެން އެޕްލިކޭޝަން ޑިވެލޮޕްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

MsSQL .4 ނުވަތަ MySQL ފަދަ ޑޭޓާބޭސް ޓެކްނޮލޮޖީ ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

5. އަމިއްލަ އިސްނެގުމާއެކު، އެހެންމީހެއްގެ އެހީއާނުލައި ޕްރޮޑަކްޝަން ލެވެލްގެ ސިސްޓަމް ޑިޒައިންކޮށް ކޯޑުކުރުމުގެ ޤާބިލިއްޔަތު ހުރުން.

(މި މަސައްކަތަށް ބޭނުންވާ ފެންވަރާއި ޝަރުޠުގެ އިތުރު ތަފްސީލާއި "ޓާރމްސް އޮފް ރިފަރެންސް" މި އޮފީހުގައި ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.

މައިގަނޑު މަސައްކަތްތައް:

1. ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ކުރައްވާ މަސައްކަތްތަކާއި ދެއްވާ ޚިދުމަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގައި ހަރުދަނާކުރުމަށް ބޭނުންވާ ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ފަރުމާކޮށް ތައްޔާރުކުރުމާއި، އެޕްލިކޭޝަން ތައްޔާރުކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އޮފީހުގެ އިސްވެރިންގެ ލަފައާއި އިރުޝާދުގެ މަތިން ކަނޑައަޅާ އުފެއްދުންތެރިކަން އިތުރުކުރެވޭނެހެން މަސައްކަތްތައް ކުރުން.

2. ކޮމްޕްލެކްސް ސޮފްޓްވެއަރ އެޕްލިކޭޝަން ސިސްޓަމްސްތައް ދެނެގަތުން.

3. އެހެން މީހުންނާއެކު މަސައްކަތްކޮށް، އައު އެޕްލިކޭޝަންތައް ތައްޔާރުކުރުމާއި، ދިމާވާ މައްސަލަތައް ޙައްލުކުރުން.

4. ހަވާލުކުރެވޭ ޕްރޮޖެކްޓް ޓެސްޓްކުރާނެގޮތް ޑިޒައިންކޮށް، އެކަން މެނޭޖްކުރެން.

5. ސްޓޭންޑަޑްތަކާ އެއްގޮތް ސްފްޓްވެއާރއާއި، ގުޅޭ ޑޮކިއުމެންޓޭޝަން ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

 

1. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުން.

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ، ރިފަރެންސް ލެޓަރ ނުވަތަ ހަދާފައިވާ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާ ގުޅޭ ރެފަރެންސް.

ހުށަހަޅަންޖެހޭ ތާރީޚު:

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން،  2017 ޖަނަވަރީ 10 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިއުންތަކާއެކު، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށް ނުވަތަ މި އޮފީހުގެ އީމޭލަށް ([email protected] އަށް) ފޮނުވުން އެދެމެވެ.

އޮފީހުގެ މަޢުލޫމާތު:

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ،

64، ކަލާފާނު ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:  (960) 334 4000، ފެކްސް ނަންބަރު: (960) 334 4004

އީމޭލް އެޑްރެސް: [email protected]

ވެބްސައިޓް: www.ncit.gov.mv

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އީމޭލްކުރާނެ އެޑްރެހަކީ، [email protected] އެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016