ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H-2016/275
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 22 ޑިސެންބަރު 2016 10:59
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ސިންކްރޮނައިޒިންގް ޕެނަލްް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންނީގެ ބޭނުމަށް ސިންކްރޮނައިޒިންގް ޕެނަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކުންފުނީގެ ބޭނުމަށް ސިންކްރޮނައިޒިންގް ޕެނަލްް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތަކަށް އެކަންޏެވެ.

މި މަސައްކަތް ކޮށްދޭން އެދޭ ފަރާތްތަކުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި 100.00 ޔޫ.އެސް ޑޮލަރު ނުވަތަ -/1542 (ފަނަރަ ސަތޭކަ ސާޅީސް ދޭއް) ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގަޑިއަށް ސްޓެލްކޯ ހެޑް އޮފީސް އިމާރާތުގެ 2 ވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރިއަށް ހާޒިރުވެ ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ.

ޓެންޑަރގެ ތާވަލު:

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުން

2017 ޖަނަވަރީ 02 އިން 2017 ޖަނަވަރީ 15  އަށް

09:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުން

2017 ޖަނަވަރީ 02 އިން 2017 ޖަނަވަރީ 15  އަށް

09:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2017 ޖަނަވަރީ 15 ވާ (އާދީއްތަ)

11:00 ގައި

އަގު ހުށަހެޅުން

2017 ޖަނަވަރީ 22 ވާ (އާދީއްތަ)

11:00 ގައި

މި މަސައްކަތުގެ ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ.

30 ރަބީޢުލްއައްވަލު 1438

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338125 / 3338122 ނަންބަރު ފޯނާއެވެ.  އަދި އީމެއިލް ކުރަށްވާނީ [email protected] މި އެޑްރެހަށެވެ.
29 ޑިސެންބަރު 2016