ކުއްޔަށް ހިފުން
ނަންބަރު: GS-26/IUL/2016/38
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 04 ޑިސެންބަރު 2016 11:30
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
3 ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށް ހިފަން ބޭނުންވެއްޖެ

އިޢުލާން

3 ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށްހިފަން ބޭނުންވެއްޖެ.

2017 ވަނަ އަހަރު މި ސްކޫލްގެ ޕްރިންސިޕަލް ހުންނެވުމަށް ތިން ކޮޓަރީގެ އެޕާޓްމަންޓެއް (ފަރުނީޗަރާއެކު) ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޖަނަވަރީ 04 ވާ ބުދަދުވަހުގެ ހެނދުނު 11:30 ގައި މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ޖަނަވަރީ 09 ވާ ހޯމަދުވަހުގެ ހެނދުނު 11:30 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަރުކަޒަށް ބަލައިގަންނާނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު އެކަނި ކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ގެންދެވޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016