ކުއްޔަށް ހިފުން
ނަންބަރު: (IUL)GS-23/GS-23/2016/17
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 02 ޖަނަވަރީ 2017 11:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާން

2017 ވަނަ އަހަރު މި މަރުކަޒުގެ އިސްވެރިޔާ ހުންނަވާނޭ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

2017 ވަނަ އަހަރު މި މަރުކަޒުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ. މި ގެ ނުވަތަ އެޕާޓްމަންޓަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތް ކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމް ފަރުނީޗަރާއެކު ހުރި، އަދި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ހުރި ބަދިގެޔަކާއި ކާތަނެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބާއެކު ގެއާއި ގޯތީގެ ފްލޯޗާޓުގެ އިތުރުން އިންވެންޓްރީގެ ލިސްޓު ހުށަޅަންވާނެއެވެ.

އަންދާސީހިސާބު ބަލައިގަތުން:

މަޢުލޫމާތު ސާފުކުރުން:

ތާރީޚު: 05 ޖަނަވަރީ 2017

ތާރީޚު: 02 ޖަނަވަރީ 2017

ގަޑި: 11:00

ގަޑި: 11:00

ތަން: މ. އަތޮޅު ތަޢުލީމީ މަރުކަޒު

ތަން: މ. އަތޮޅު ތަޢުލީމީ މަރުކަޒު

ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ.                                      

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މަރުކަޒުގެ ނަންބަރު 7952901 ފޯނާ ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2016