ނީލަން
ނަންބަރު: H5-SM/2016/008(IUL)
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި:
10 ޑިސެންބަރު 2016 13:00
ހުރާ ޞިއްޙީ މަރުކަޒު، ކ. ހުރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން
އިޢުލާން
ހުރާ ޞިއްޙީމަރުކަޒުގެ ބައެއް ތަކެތި ނީލަންކިޔުމާ ބެހޭ:
މި މަރުކަޒުގެ ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ މެންދުރުފަހު 1:00 ގައި މި މަރުކަޒުގައި އޮންނާނެއެވެ.
- ކުޑަދޮރުފަތް ކަޅު ބިއްލޫރި - 9
- ލަކުޑި ދޮރުކަނި (ކުޑަދޮރު) - 9
- ލަކުޑި ދޮރުކަނި (ބޮޑު ދޮރު) – 2
- ދޮރުފަތް ލަކުޑި ކަޅުބިއްލޫރި (ބޮޑު ދޮރު) - 2
ވީމާ، މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގަޑިއަށް މި މަރުކަޒަށް ހާޒިރުވުން އެދެމެވެ. އަދި ދަންނަވަމެވެ. މި ނީލަމުން ނެގޭ ތަކެތި މަރުކަޒުން ގެންދެވޭނީ މި މަރުކަޒަށް ފައިސާ ދައްކަވައި ނިންމުމަށްފަހު، ހުއްދަ ލިބިގެންކަމަށްވެސް ދަންނަވަމެވެ. ނީލަމުން ނަގާ ތަކެތި ނީލަން ކިޔާ ތާރީޚުން ފެށިގެން 2 ދުވަހުގެ ތެރޭގައި ގެންގޮސް ނިންމަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.
27 ރަބީޢުލްއައްވަލް 1438
26 ޑިސެންބަރު 2016