މަސައްކަތް
ނަންބަރު: GS197-AB/IUL/2016/19
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 08 ޖަނަވަރީ 2017 13:00
ކަނޑުހުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ގއ. ކަނޑުހުޅުދޫ ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ:

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު: GS197-AB/IUL/2016/16 (8 ޑިސެންބަރު 2016) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، 1 ފެބުރުވަރީ 2017 އިން 31 ޑިސެންބަރު 2017 ގެ ނިޔަލަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގއ. ކަނޑުހުޅުދޫ ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސުކޫލަށް ހުށަހެޅުމަށް ދަންނަވަމެވެ. މި މަސައްކަތަށް އެދި ކުރިމަތިލެވޭނީ މިހާރު ޢަމަލުކުރެވެމުންދާ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގައިވާ ގޮތަށް އާމްދަނީ ހޯދަން މިފަދަ މަސައްކަތްތައް ކޮންޓްރެކްޓް އުސޫލުން ކުރުމަށް ގަވާއިދުން ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

8 ޖަނަވަރީ 2017 ވާ އާދީއްތަދުވަހުގެ 13:00

15 ޖަނަވަރީ 2017 ވާ އާދީއްތަދުވަހުގެ 13:00

 

 

އަދި ދަންނަވަމެވެ. އަންދާސިހިސާބު ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީ ބަންދުދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 14:00 އަށް 7983078 ނަންބަރު ފޯނާއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ޑިސެންބަރު 2016