ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)454/454/2016/7
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:55
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު
ދިވެހިރާއްޖެ
ދައުލަތުގެ 15 ކުންފުންޏެއް ލިކުއިޑޭޓްކުރުމާ ގުޅޭ

އިޢުލާން

ދައުލަތުގެ 15 ކުންފުންޏެއް ލިކުއިޑޭޓްކުރުމާ ގުޅޭ

ތިރީގައިވާ ދައުލަތުގެ ކުންފުނިތައް އުވާލުމަށް ސަރުކާރާއި، މި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމަވާފައިވާތީ، ކުންފުންޏާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 10/96) ގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މި ކުންފުނިތައް އުވާލުމުގައި ލިކުއިޑޭޓަރެއްގެ ގޮތުގައި އެ މަސައްކަތްކުރެއްވުމަށް އެކްރޫޕްލަސް އެލް.އެލް.ޕީ (ރަޖިސްޓަރީ ނަންބަރު:P-0021/2014) ވަނީ މި ބޯޑުން އައްޔަންކުރެވިފައެވެ.

ލިކުއިޑޭޓް ކުރުމަށް ލިކުއިޑޭޓަރާއި ހަވާލުކުރެވުނު ކުންފުނިތައް

  • ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް
  • އަޕަރ ސައުތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ހިތަދޫ ޕޯޓް ލިމިޓެޑް
  • ސަދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ގަން އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
  • ސައުތު ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ވާރކްސް ކޯޕަރޭޝަން ލިމިޓެޑް
  • ނޯދަން ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ނޯތް ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  • މާލޭ ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް
  • ސެންޓްރަލް ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑް

 

ވީމާ، މަތީގައި ދަންނަވާފައިވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ފަރާތަކަށް ފައިސާއެއް ދައްކަން ޖެހިފައިވާނަމަ، ނުވަތަ އެއްވެސް ފަރާތަކުން މިއިން ކުންފުންޏަކަށް އެއްވެސް ފައިސާއެއް ދައްކަންޖެހިފައިވާނަމަ 2017 ޖަނަވަރީ 18 ގެ ކުރިން އެ މުޢާމަލާތެއްގެ ތަފުސީލާއެކު އެކްރޫޕްލަސް އެލް.އެލް.ޕީގެ ތިރީގައިވާ އެޑްރެހަށް ހުށަހަޅައިގެން އެކަމެއް ހަމަޖެއްސެވުމަށް ދެންނެވީމެވެ.

އެކްރޫޕްލަސް އެލް.އެލް.ޕީ

ހ. މާއަލި،  3 ވަނަ ފަންގިފިލާ، W3 ، ރަތްވިލާމަގު، މާލެ

ފޯނު: 7910800، 7999915 ، 3310900 ، އީމެއިލް: [email protected]

26 ޑިސެންބަރު 2016