މަސައްކަތް
ނަންބަރު: (IUL) 425-A2/1/2016/30
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 09 ޖަނަވަރީ 2017 11:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައި.ސީ.ޓީގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން 

މާލޭ ސިޓީ ކައުންސިލަށް ތިރީގައި މިދަންނަވާ އައި.ސީ.ޓީގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން:

މި އިދާރާއިން އައި.ސީ.ޓީ ސެކްޝަނުގެ މަސައްކަތްތައް އައުޓްސޯސްކުރުމަށް ކުރެވިފައިވާ ނަންބަރު:(IUL)425-A2/1/2016/22 (15 ނޮވެންބަރު 2016) އިޢުލާނަށް ބިޑްހުށަހަޅާފައިވާ ފަރާތްތަކުން އެ ފަރާތްތަކުން ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާ ލިޔުން، އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ، މަޢުލޫމާތު ފުރިހަމަނުވާކަމަށް ބަލައި އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުން އޮންނާނީ ތިރީގައި މިދަންނަވާ ދުވަސްތަކުގައެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ދެންނެވީމެވެ.

ތަފުސީލު

ތާރީޚް

ދުވަސް

ގަޑި

ތަން

މަޢުލޫމާތުދިނުން

09 ޖަނަވަރީ 2017

ހޯމަ

11:00

މާލޭ ސިޓީކައުންސިލް އިދާރާގެ (މާފަންނު އޮފީސްހިންގި ޢިމާރާތް)

އަންދާސީހިސާބު ހުށަހެޅުން

18 ޖަނަވަރީ 2017

ބުދަ

11:00

މާލޭ ސިޓީކައުންސިލް އިދާރާގެ (މާފަންނު އޮފީސްހިންގި ޢިމާރާތް)

އަންދާސީހިސާބު ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދުކުރުމަށްފަހުގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާނުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންނަމަ، 3327240 މި ނަންބަރާ ގުޅުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016