މަސައްކަތް
ނަންބަރު: (ILU)303-AS/303/2016/83
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 03 ޖަނަވަރީ 2017 10:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑްރައިވިންގ ޓްރެކް އަޅާދޭނެ ފަރާތެއް ހޯދުން

އިޢުލާން

އުނގޫފާރު ޔަންމާ ސެންޓަރު ސަރަޙައްދުގައި އަޅާފައިވާ ޑްރައިވިންގ ޓްރެކްނަގައި، އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ހުޅަނގުގައިވާ ހުސްބިމުގައި ޑްރައިވިންގ ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދުން:

އުނގޫފާރު ޔަންމާ ސެންޓަރު ސަރަޙައްދުގައި އަޅާފައިވާ ޑްރައިވިންގ ޓްރެކްގައިވާ ތަކެތި ބޭނުން ކޮށްގެން އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ހުޅަނގުގައިވާ ހުސްބިމުގައި ޑްރައިވިންގ ޓްރެކް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 3 ވާ އަންގާރަދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 9 ވާ ހޯމަދުވަހުގެ 10:00 އަށް މި އިދާރާއަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން މި ކައުންސިލުގެ 6580118 ނަންބަރު ފޯނާ ރަސްމީގަޑީގައި ގުޅުން އެދެމެވެ.

26 ރަބީޢުލްއައްވަލް 1438

25 ޑިސެންބަރު 2016