މަސައްކަތް
ނަންބަރު: GS110/IUL/2016/36
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 12:48
ސުންގަޑި: 02 ޖަނަވަރީ 2017 13:00
ގޮއިދޫ ސްކޫލް/ ށ.ގޮއިދޫ
ދިވެހިރާއްޖެ
ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ތިން ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ ތިން ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން  2016 ޑިސެންބަރު 18 ގައި ކުރި ނަންބަރު GS110/IUL/2016/33 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރީމެވެ.

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ތިން ގޭޓް ހަދައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޖަނަވަރީ 2 ވާ ހޯމަދުވަހުގެ މެންދުރު 12:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 8 ވާ އާދީއްތަދުވަހުގެ މެންދުރު 12:00 އަށް އަންދާސީހިސާބު / ޕްރޮޕޯޒަލް ހިފައިގެން މި ސްކޫލަށް ހާޒިރުވުމަށް ދަންނަވަމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީހިސާބު ޤަބޫލުނުކުރެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކޮށްދިނުމަށް ކަނޑައެޅިފައިވާ ގަޑި ފިޔަވައި އިތުރު ވަގުތުތަކުގައި މަޢުލޫމާތުދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. ނަމަވެސް، މަޢުލޫމާތު ސާފުކުރާ ފަރާތްތަކުން އަންދާސީހިސާބު ތައްޔާރުކުރުމަށް އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 6540582 ނަންބަރާ ގުޅުމުން އެ މަޢުލޫމާތު ދެވޭނެއެވެ.

25 ޑިސެންބަރު 2016