ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-29/2016/28
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 08 ޖަނަވަރީ 2017 00:00
ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމު:                   ރިލީފް ޓީޗަރ (ޕްރައިމަރީ)              

މަސައްކަތް ހަމަޖެހިފައިވާ ތަން:     ގއ.އަތޮޅު މަދަރުސާ

ބޭނުންވާ ޢަދަދު:             03                                             

ޝަރުޠު:

މަޤާމު

ރޭންކް

ކްލަސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސާރވިސް އެލަވަންސް

ރިލީފް ޓީޗަރ

 

 

- ކިޔަވައިދިނުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ހާސިލުކޮށްފައިވުން.

-/6090

ރުފިޔާ

-/2500

ރުފިޔާ

ރިލީފް ޓީޗަރ

 

 

- މަތީ ސާނަވީ ތައުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

-/5500

ރުފިޔާ

-/1500

ރުފިޔާ

ރިލީފް ޓީޗަރ

 

 

- ސާނަވީ ތަޢުލީމު ފުރިހަމަކުރުން ކަމަށްވާނަމަ

-/4500

ރުފިޔާ

-/1500

ރުފިޔާ

ވަޒީފާގެ މަސްއޫލިއްޔަތު:

- ކިޔަވައިދިނުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

- ބެލެނިވެރިންނާއި، ދަރިވަރުންނާއި، ޓީޗަރުންނާއި، ސްކޫލާމެދު އޮންނަ ގުޅުން ހަރުދަނާކުރުމަށް މަސައްކަތްކުރުން.

- ޤައުމީ މަންހަޖާ އެއްގޮތަށް އުނގަންނައިދިނުމުގެ އެންމެހައި ކަންތައްތައް ރާވައި ހިންގުން.

- ކުދިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

- ކުދިންގެ ކިބައިގައި ދީނީ، އަޚްލާޤީ ސިފަތައް އަށަގެންނެވުން.

- ވަށައިޖެހޭ ތަޢުލީމަކަށް މަގުފަހިވާނެހެން އިތުރު ޙަރަކާތްތައް ރާވައި ހިންގުން.

- ދަރިވަރުންގެ ރެކޯޑުތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.

- އިމްތިޙާންތަކުގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން.

- ކިޔަވައިދިނުމާ ގުޅޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑްތައް އެއްކޮށް، އެ ރެކޯޑްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ތަފާތު ޕްރޮގްރާމްތައް ޓީޗަރުންނާއި އެޗް އޯޑީން މެދުވެރިކޮށް ރާވައި ހިންގައި ބެލެހެއްޓުން.

- ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ރަނގަޅުކުރުމަށް ތަފާތު ހަރަކާތްތައް ރާވައި، ހިންގުމާއި، ދަރިވަރުންގެ އަޚުލާޤީ މައްސަލަތައް ބަލައި، ފިޔަވަޅު އަޅަންޖެހޭ ކަންތައްތަކުގައި ފިޔަވަޅު އަޅައި، ރެކޯޑް ބެލެހެއްޓުން.

- ކަނޑައެޅޭ އުސޫލެއްގެމަތިން ކޯޑިނޭޝަން މީޓީންގތައް ބާއްވާ މުދައްރިސުންގެ މަޝްވަރާއާއެކު ނިންމޭ ކަންތައްތައް ތަންފީޒުކުރުމަށް މަސައްކަތްކުރުމާއި، ކިޔަވައިދިނުމާ ގުޅިގެން ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ކުރުން.

- ސްކޫލުގެ ކޯކަރިކިއުލަރ ހަރަކާތްތައް އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން ރާވައި ހިންގުމަށް މަސައްކަތްކުރުމާއި، މިކަމާގުޅޭ އެންމެހައި ރެކޯޑްތައް ބެލެހެއްޓުން.

- ކޮންމެ ޓާމެއް ނިމުމުން، ބެލެނިވެރިންނަށް ފީޑްބެކް ދިނުމަށް ބޭއްވޭ ބައްދަލުވުންތައް ބޭއްވުމާއި، ފީޑްބެކް ފޯމުތައް ތައްޔާރުކުރުވުމާއި އެތަކެތި ބެލެހެއްޓުން.

- ދަރިވަރުންގެ ރެކޯޑް ފައިލުތައް ގަވައިދުން ބެލެހެއްޓުމަށް ޓީޗަރުންނާ ހަވާލުކޮށް، އެ ތަކެތި ގަވައިދުން ބަލަހައްޓާތޯ ބަލައި ޗެކްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލުކަމާއި ސިފަތައް.

ހުށަހަޅަން ޖެހޭ ތަކެތި:

  1. މައުލުމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (އެޕްލިކޭޝަން ފޯމު ގއ.އަތޮޅު މަދަރުސާގެ އޮފީހުން) ލިބެން ހުންނާނެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  ވެބްސައިޓުން www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެވެ.)

  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

  3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ މަތީ ތައުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީ ތައުޅީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވައްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރަައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

- ރާއްޖެގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތައުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

- ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތާއި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

ސުންގަޑި: މަޤާމުތަކަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން  2017 ޖަނަވަރީ 08 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު ގއ.އަތޮޅު މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯނު: 7983072      ފެކްސް: 6820037

ނޯޓް: މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަވިއު އޮންނާނީ ގއ.އަތޮޅު މަދަރުސާގައެވެ.      

27 ޑިސެންބަރު 2016