މަސައްކަތް
ނަންބަރު: (IUL)438-CCS/438/2016/284
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:33
ސުންގަޑި: 12 ޖަނަވަރީ 2017 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އެނަރޖީ އެފިޝެންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޢިމާރާތްތަކުގެ ދާއިރާއިން ޖައްވަށް ބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި ތިމާވެށްޓާ ރަށްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

ދިވެހިރާއްޖޭގެ އިމާރާތް ކުރުމާއިބެހޭ ސިނާއަތް އިތުރަށް ހަރުދަނާ ކުރުމަށް އެނަރޖީ އެފިޝެންޓް ޓެކްނޮލޮޖީތަކާއި ޑިޒައިންތައް އިތުރުކޮށް އަދި އިމާރާތްތަކުން ހަކަތަ އިސްރާފުވާ މިންވަރު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުގެ ނަމޫނާ އިމާރާތެއް ގާއިމުކުރުމަށް ސަރުކާރުގެ ހޮވާލެވޭ އިމާރާތްތަކެއް އެސެސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މިގޮތުން އެނަރޖީ އެފިޝަންސީގެ ނަމޫނާ އިމާރާތެއް ކަނޑައެޅުމަށް ސަރުކާރުގެ ހޮވައިލެވޭ ޢިމާރާތްތަކެއް އެސެސްކޮށްދޭނެ ފަރާތެއް ހޯދުމަށް 01 ޑިސެންބަރު 2016 ގައި ކުރެވުނު ނަންބަރު: IUL)438-CCS/438/2016/274) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ޝަރުޠު ހަމަނުވާތީ، އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބީލަން ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ފުރިހަމަކޮށް ސިޓީއުރައެއްގައި ބަންދުކޮށް ތިރީގައިވާ ގޮތަށް ޖެއްސެވުމަށްފަހު 2017 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހުށަހެޅުއްވުން އެދެމެވެ.

"Selection of a Public Building for Demonstration of Cost Effective Energy Efficiency Renovation and Energy Management"

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018300 960+ ، ފެކްސް: 3018301 960+

އީމެއިލް : [email protected]

ވެބްސައިޓް: www.environment.gov.mv

27 ޑިސެންބަރު 2016