ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)URH/2016/31
ޕަބްލިޝްކުރި ތާރީޚް: 29 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 09:53
ސުންގަޑި: 10 ޖަނަވަރީ 2017 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމިއުނިޓީ ހެލްތް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރ. ދުވާފަރު ޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހެކެވެ.

މަޤާމުގެ ނަން:

ކޮމިއުނިޓީ ހެލްތު އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ރިސްކް އެލަވަންސް:

މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ހަމަޖެހިފައިވާ އުސޫލުން ދިނުން.

މަޤާމް އޮތް ތަން:

ރ. ދުވާފަރު ޞިއްޙީ މަރުކަޒު

ޑިވިޜަން/ ސެކްޝަން:

ޕަބްލިކް ހެލްތު ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: 

ރ. ދުވާފަރު ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ހެލްތު މާސްޓަރ ޕްލޭނާއި އެހެނިހެން ޤައުމީ/ ސްޓްރެޓެޖިކް ޕްލޭންތަކަށް ރިޢާޔަތްކޮށް، އެއާ އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ސްކޫލްތަކާއި ކައުންސިލާއި، އެކި ޖަމްޢިއްޔާތަކާ ގުޅިގެން ރަށުފެންވަރުގައި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

2. އާންމު ޞިއްޙަތާ ގުޅުންހުރި މަސައްކަތްތަކުގައި ރަށަށް ޒިޔާރަތްކުރާ ޓީމުތަކަށް ދޭންވާ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

3. ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލްކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެކަން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސްކުރުމާއި، ކަމާބެހޭ ފަރާތްތަކަށް އެ މަޢުލޫމާތު އަންގައި، އެފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުން.

4. ރަށުފެންވަރުގައި ޞިއްޙީގޮތުން ކުރެވޭ މަސައްކަތްތައް މަހަކު 1 ފަހަރު ރަށު ކައުންސިލާ ހިއްސާކޮށް، ކޮންމެ 3 މަހުން އެއްމަހު ބައްދަލުކޮށް މަޝްވަރާކޮށް، ކައުންސިލާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

5. ޕަބްލިކް ހެލްތު ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒުކުރައްވައި، ދުވަހުން ދުވަހަށް އެމީހުންގެ މަސައްކަތް ނިންމުމަށް ބާރުއަޅައި އެހީތެރިކަން ފޯރުކޮށްދިނުން.

6. ދުވަހުން ދުވަހަށާއި، މަހުން މަހަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކޮށް، އެތަކެތި ރަށުފެންވަރުގައި ދިރާސާކުރުމަށްފަހު ގަވާއިދުން ހެލްތު ޕޮރޮޓެކްޝަން އެޖެންސީއަށް ފޮނުވުމާއި، ޕަބްލިކް ހެލްތުގެ މަސައްކަތްތަކާ ގުޅިފައިވާ ޑޭޓާބޭސްތައް ގަވާއިދުން އަޕްޑޭޓްކުރަމުން ގެންދިއުން.

7. ރަށުފެންވަރުގައި ކާރިސާތަކާއި އެކިއެކި ހާދިސާތަކުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެގޮތުގެ ޕްލޭން އެކުލަވައިލައި، އެއަށް ޢަމަލުކުރުން.

8. ޤައުމީ އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ދަށުން އަތޮޅު ރަށުފެންވަރުގައްޔާއި ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

9. ނިއުޓްރިޝަނާބެހޭ ޤައުމީ ޕްރޮގްރާމުގެ ދަށުން އަތޮޅު ރަށުފެންވަރުގައްޔާއި ރަށުފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

10. ގައިންގަޔަށްއަރާ ބަލިތަކާއި، އެކިއެކި ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތަކާއި، ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމުގެ ޤައުމީ ޕްރޮގްރާމުތަކުގެ ދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.

11. އުފަންވެނި ޞިއްޙަތުގެ ޤައުމީ ޕްރޮގްރާމުގެދަށުން ރަށުފެންވަރުގައި ހިންގަންޖެހޭ ހަރަކާތްތަކާއި، ދޭންޖެހޭ ޚިދުމަތް ދިނުމުގައި ލުއިފަސޭހަކަމާއެކު ޚިދުމަތް ލިބިގަނެވޭނެފަދަ ގޮތަކަށް ރާވައި ހިންގުން.

12. މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާ ގުޅުންހުރި ޞިއްޙީ މައްސަލަތަކުން ރައްކާތެރިވެތިބުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ފެންވަރުގައި ރާވައި ހިންގުން.

13. އެރަށެއްގެ އަދި އެ އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމެންޓާއި ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާވައި ހިންގުން.

14. އާންމު ޞިއްޙަތާ ގުޅުންހުރި ޤާނޫނުތައް ރަށުފެންވަރުގައި ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރަށު ކައުންސިލާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އެހެނިހެން ތަންފީޒީ އިދާރާތަކާ ގުޅިގެން ކުރުން.

15. އެކިއެކި ޕަބްލިކް ހެލްތު ޕްރޮގްރާމްތަކުގެދަށުން ފޯރުކޮށްދޭންޖެހޭ ބޭހާއި މެޑިކަލް ކޮންސިއުމަބަލްސްގެ ސްޓޮކް ބެލެހެއްޓުމާއި، އާންމު ރައްޔިތުންނަށް ގަވާއިދުން ފޯރުކޮށްދިނުން.

16. އާންމު ޞިއްޙަތު ރައްކާތެރިކުރުމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ގާތުން ފޯރުކޮށްދިނުމަށްޓަކައި ހޯމްވިޒިޓްތައް ރާވައި ހިންގުން.

17. ފާމަސީތަކާއި ކާބޯތަކެތީގެ މަސައްކަތްކުރާ ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަނާއި، ޔޫރަޕްއަން ޔޫނިއަންއަށް އެކްސްޕޯޓްކުރުމަށް މަސްބާނާ އޮޑިދޯނިފަހަރު މޯލްޑިވްސް ފުޑް އެންޑް ޑްރަޤް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަޑުތަކާ އެއްގޮތަށް އިންސްޕެކްޓްކޮށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން.

18. އެއަތޮޅެއްގެ ޞިއްޙީ މަރުކަޒުތަކުގެ ޕަބްލިކް ހެލްތު ޔުނިޓްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް، މަސައްކަތްތައް ރާވައި ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.

19. ރަށުގެ ހުރިހާ ގިންތިއެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލާއި، ސްކޫލާއި، އެހެނިހެން މުއައްސަސާތަކާ ގުޅިގެން އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

ތަޢުލީމާއި، ތަޖުރިބާ:

1. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2. ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރައިމަރީ ހެލްތު ކެއަރގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް.

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

4. ޖިސްމާނީ ޤާބިލްކަންހުރި މިންވަރާއި، ނަފްސާނީ ޤާބިލްކަން ހުރި މިންވަރު.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އުނގޫފާރު ރީޖނަލް ހޮސްޕިޓަލުންނާއި، ދުވާފަރު ޞިއްޙީ  މަރުކަޒުން  ލިބެން ހުންނާނެއެވެ. އަދި  ސިވިލް  ސަރވިސް  ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓު ތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމް ތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސް ކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓު ތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުންގަޑި:

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، އެހެނިހެން ލިޔުންތައް ބަލައިގަންނާނީ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުންނާއި، ދުވާފަރު ޞިއްޙީ މަރުކަޒުންނެވެ. ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2017 ޖަނަވަރީ 10 ވަނަ ދުވަހުގެ 14.00 އެވެ.

އިންޓަވިއު އޮންނާނެ ތާރީޚާއި ތަން:

- އިންޓަވިއު އޮންނާނީ، 2017 ޖަނަވަރީމަހު، މި ހޮސްޕިޓަލުގެ ކޮންފަރެންސް ހޯލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައިގެން، 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 6580029 ނަންބަރު ފޯނަށް، ނުވަތަ 6582711 ނަންބަރު ފޯނަށެވެ.

30 ރަބީޢުލްއައްވަލް 1438

29 ޑިސެންބަރު 2016