ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-OA/23/2016/ 06
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 27 ޖަނަވަރީ 2017 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ބޯޑަރ ހެލްތުން (ޕޯޓް ހެލްތު) ނަގަމުން އަންނަ ފީގެ އަގުތަކަށް ބަދަލު ގެނައުމާއި، އައު ޚިދުމަތްތަކަށް ފީނެގުމާއި، ޖޫރިމަނާކުރުމާ ބެހޭ

އިޢުލާން

އިންޓަރނޭޝަނަލް ބޯޑަރ ހެލްތުން (ޕޯޓް ހެލްތުން) ނަގަމުން އަންނަ ފީގެ އަގުތަކަށް ބަދަލު ގެނައުމާއި، އައު ޚިދުމަތްތަކަށް ފީނެގުމާއި، ޖޫރިމަނާކުރުމާ ބެހޭ

ބައިނަލްއަޤުވާމީ ދަތުރުތަކުގައި ދިވެހިރާއްޖެއަށް އަންނަ، އަދި ދިވެހިރާއްޖެއިން ފުރާ އެންމެހައި ކަނޑުގެ އުޅަނދުފަހަރަށް "ޝިޕް ސެނިޓޭޝަން އެގްޒެމްޕްޝަން – އެސް.އެސް.އީ" ނުވަތަ "ޝިޕް ސެނިޓޭޝަން އެގްޒެމްޕްޝަން ކޮންޓްރޯލް – އެސް.އެސް.އީ.ސީ" ސެޓުފިކެޓު ހެއްދުމުގެ ފީގެ އަދަދުތަކަށް ގެނެވިފައިވާ ބަދަލާއެކު، ބައިނަލްއަޤްވާމީ ވައިގެ ދަތުރުކުރާ އެންމެހައި ވައިގެ އުޅަނދުތައް ޝާމިލުވާގޮތަށް އަލަށް (*) ހިމަނާފައިވާ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާ ގުޅޭގޮތުން ނަގާނޭ ޖޫރިމަނާ ފީގެ އަގުތައް އާންމުކޮށް އިޢުލާނުކުރީމެވެ.

ފީ އަދި ޖޫރިމަނާގެ އަދަދު

ޚިދުމަތުގެ ތަފުސީލު

ކޯޑް

#

 

1,000/-

ރުފިޔާ

"އެސް.އެސް.އީ" ސެޓުފިކެޓު 50 ނެޓް ޓަނޭޖަށްވުރެ ދަށުގެ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ

SSC50

01

2,000/-

ރުފިޔާ

"އެސް.އެސް.އީ" ސެޓުފިކެޓު 51 ނެޓް ޓަނޭޖުން ފެށިގެން 100 ނެޓް ޓަނޭޖް ހަމަނުވާ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ

SSC100

02

3,000/-

ރުފިޔާ

"އެސް.އެސް.އީ" ސެޓުފިކެޓު 101 ނެޓް ޓަނޭޖުން ފެށިގެން 300 ނެޓްޓަނޭޖް ހަމަނުވާ ކަނޑުގެ އުޅަނދުފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ

SSC300

03

5,000/-

ރުފިޔާ

"އެސް.އެސް.އީ" ސެޓުފިކެޓު 301 ނެޓް ޓަނޭޖުން މަތި ކަނޑުގެއުޅަނދު ފަހަރަށް ސެޓުފިކެޓު ހެއްދުމުގެ ފީ

SSC301

04

500/-

ރުފިޔާ

* "އެސް.އެސް.އީ" ސެޓުފިކެޓު 01 މަސްދުވަހުގެ މުއްދަތަށް އިތުރު ކުރުމަށް ނަގާ ފީ

SSCEXT

05

1,000/-

ރުފިޔާ

* "އެސް.އެސް.އީ" ސެޓުފިކެޓު ގެއްލިގެން ސެޓުފިކެޓު ހެއްދުމުގެ އަގުގެ އިތުރުން ނަގާ ޖޫރިމަނާ ފީ

SSCRP

06

1،500/-

ރުފިޔާ

* މަސްވެރިކަންކުރާ (ޝިޕިންގ ވެސަލް)އަށް "މެޑިސިން ޗެސްޓް ސެޓުފިކެޓު" ހެއްދުމުގެ ފީ

MCF

07

2,500/-

ރުފިޔާ

* މުދާ އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ކާގޯ ޝިޕް) ދޫކުރާ "ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ހެއްދުމުގެ ފީ

MCC

08

3,000/-

ރުފިޔާ

* ފަތުރުވެރިންގެގޮތުގައި ފަސިންޖަރުން އުފުލާ ކަނޑުގެ އުޅަނދުފަހަރަށް (ޕެސެންޖަރ ލައިނަރ އަދި މެގަ ޝިޕް) އަށް ދޫކުރާ "ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ހެއްދުމުގެ ފީ

MCPL

09

1,000/-

ރުފިޔާ

"ޝިޕް މެޑިސިން ޗެސްޓް" ސެޓުފިކެޓު ގެއްލިގެން ހެއްދުމަށް ނަގާ އަގުގެ އިތުރުން ނަގާ ޖޫރިމަނާ ފީ

MCRP

10

1,000/-

ރުފިޔާ

"ޑިސްއިންސެކްޓް" ނުވަތަ "ފިއުމިގެޓް" ނުކޮށް ދިވެހިރާއްޖެ އެތެރެވާ ކަނޑާއި ވައިގެ އުޅަނދުތަކާއި، "ޑިސްއިންސެކްޓް" ކުރިކަން ޕޯރޓް ހެލްތަށް އެންގުމުގައި އަމަލުކުރަން އޮންނަ އުސޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކުން، ޚިލާފުވާ ކޮންމެ ފަހަރަކު ދައްކަންޖެހޭ ޖޫރިމަނާ ފީ

DIFF

11

މި އިޢުލާނުގައި ބަޔާންކުރާ އަގުގައި ޚިދުމަތް ދިނުމާއި ޖޫރިމަނާކުރުމަށް ހަމަޖެހިފައިވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި މި އިޢުލާން ޝާއިޢުކުރެވޭ ތާރީޚުން ފެށިގެން 30 ދުވަހުގެ މުއްދަތުގެ ހަމަވާ ދުވަހުން ފެށިގެންނެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، އިންޓަރނޭޝަނަލް ބޯޑަރ ހެލްތުގެ ނަންބަރު 3323963 (960+) ނުވަތަ 7954333 (+960) ފޯނަށް ގުޅުއްވުން އެދެމެވެ.

26 ޑިސެންބަރު 2016