ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2016/16
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:44
ސުންގަޑި: 04 ޖަނަވަރީ 2017 13:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ބަޖެޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓް

މަޤާމު:

ބަޖެޓް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ކ. މާލެ، އަދި ކޮމިޝަނުގެ ރީޖަނަލް އޮފީސް

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8.00 އިން  މެންދުރުފަހު 15.00 އަށް

ޝަރުޠު:

މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލާރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ  ސަނަދު ހާސިލުކޮށްފައިވުން، އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ  މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ކޮމިޝަންގެ އެސިސްޓަންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރުދުވަހު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާރކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކޮމިޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރަންޖެހޭ މުއްދަތުގައި ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ކޮމިޝަންގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރެއްގައި ހަދަންޖެހޭ ކޮމިޝަންގެ މާލީ ބަޔާން ތައްޔާރުކުރުމާއި އޮޑިޓާރ ޖެނެރަލްގެ އޮފީހަށް ކޮމިޝަންގެ މާލީބަޔާން ފޮނުވަންޖެހޭ މުއްދަތައް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް ފޮނުވުން.
  3. ކޮންމެ 3 މަހުން 1 މަހު ކޮމިޝަނަށް ހުށަހަޅަންޖެހޭ ބަޖެޓް ރިޕޯޓު ތައްޔާރުކުރުން.
  4. ކޮމިޝަންގެ ޚަރަދުތައް ކުރުމުގައި ގެންގުޅޭ އުސޫލްތައް ހަރުދަނާކުރުމަށް ދޭންޖެހޭ ފަންނީ ލަފައާއި އިރުޝާދު ކޮމިޝަނަށް ދިނުން.
  5. ކޮމިޝަނުގެ މުވައްޒަފުން ރާއްޖޭގެ އެތެރޭގައި ކުރާ ދަތުރުތަކާއި ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ހަމަޖައްސަންޖެހޭ ފައިސާގެ އެންމެހައި ކަންތައް ހަމަޖެއްސުމާއި ދަތުރުތަކަށް ފައިސާ ހަމަޖެއްސުމުގެ އިންތިޒާމްތައް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސަކަތްތައްކޮށް ޑިރެކްޓަރަށް ލަފާދިނުން.
  6. މާލީޔަތު ގަވައިދުގައިވާ ގޮތުގެ މަތިން ތިޖޫރި ބެލެހެއްޓުން.
  7. ކޮމިޝަނަށް ލިބޭ ބޭރު ފައިސާގެ ހިސާބު ބެލެހެއްޓުމާއި، ކުރާ ޚަރަދުތަކުގެ ރިކޯޑުތައް ބެލެހެއްޓުމާއި، ކޮންމެ ދަތުރަކަށްފަހު އެންބުރި އަންނަތާ 3 ދުވަހުގެ ތެރޭގައި ހޯދަންޖެހޭ ޚަރަދު ރިޕޯޓު ހޯދައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ފައިސާއާ ބެހޭ ލިޔެކިއުންތައް ބެލެހެއްޓުން.
  8. ބޭރުގެ އެކިއެކި ފަރާތްތަކުގެ އެހީގައި ކޮމިޝަނަށް ލިބޭ ޕްރޮޖެކްޓުތަކުގެ ފައިސާއާއި ކޮމިޝަންގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުގެ އިތުރުން ލިބޭ އެކިއެކި ބޭރުގެ އެހީތައް ބަލަހައްޓައި، ތައްޔާރުކުރަންޖެހޭ ބަޖެޓް ރިޕޯޓުތައް ތައްޔާރުކޮށް، އެ ރިޕޯޓުތައް އެހީދޭ ފަރާތްތަކާއި ކޮމިޝަނާ ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. ކޮމިޝަންގެ ބަޖެޓް ބެލެހެއްޓުމަށްޓަކައި ދައުލަތުގެ މާލިއްޔަތާބެހޭ ގަވާއިދާ އެއްގޮތަށް ބަޖެޓް ބާކީކޮށް، ބެލެހެއްޓުން.
  10. ކޮމިޝަންގެ ޕެޓީކޭޝްއަށް ބޭނުންވާ ފައިސާ ހޯދުން. މިގޮތުން ޕެޓީ ކޭޝްއިން ޚަރަދުކުރެވުނުގޮތުގެ ރިޕޯޓު ތައްޔާރުކޮށް ވައުޗަރ ހަދައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  11. ކޮމިޝަނަށް އަންނަ ބިލުތަކަށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން. މިގޮތުން ހަވާލުކުރާ ބިލުތަކަށް 7 ދުވަހުގެ ތެރޭގައި ވައުޗަރ ތައްޔާރުކުރުން.
  12. ކޮންމެ މީލާދީ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ކުރީމަހުގެ ފައިނޭންޝަލް ރިޕޯޓު ތައްޔާރުކޮށް، މިނިސްޓްރީ އޮފް ފިނޭންސް އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން.
  13. ކޮމިޝަންގެ ފަރާތުން ރީއިންބާރސް ކުރަންޖެހޭ ފައިސާގެ މުއާމަލާތުތަކުގެ ރެކޯޑު ބެލެހެއްޓުމާއި ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ ލަފާގެ މަތިން ކުރަންޖެހޭ ކަންތައްތައް ކުރުން.
  14. ކޮމިޝަނުން ކުރާ ދަތުރުތަކުގައި ބައިވެރިންވާން ޖެހިއްޖެ ކޮންމެ ހިނދެއްގައި ދަތުރުތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  15. މީގެ އިތުރުންވެސް ކޮމިޝަނުން އަންގާ ވަޒީފާއާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓުފިކެޓާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓުފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓުފިކެޓު ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ލެޓަރގެ އެޓެސްޓެޑް ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުން ދޫކޮށްފައިވާ ލިޔުންތަކުގެ އެޓެސްޓެޑް ކޮޕީ. އަދި މިހާރު ވަޒީފާއެއްގައި އުޅޭ ފަރާތެއްނަމަ، ވަޒީފާގައި އުޅޭކަމުގެ ލިޔުން (އެޓެސްޓްކޮށްފަ).

ސުންގަޑި

2017 ޖަނަވަރީ 04 ވަނަ ދުވަހުގެ 13:00 ގެ ކުރިން

އެހެނިހެން

  1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. އަދި ޕްރޮބޭޝަން މުއްދަތުގެ ޕާފޯމަންސް ރިވިއުއަށް ބަލައި، އިތުރަށް ވަޒީފާގައި ބަހައްޓަން ކޮމިޝަނަށް ފެންނަނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  2. ސާރވިސް އެލަވަންސާއި، ލިވިންގ އެލަވަންސް ލިބޭނީ ޕްރެބޭޝަން މުއްދަތު ނިމި ވަޒީފާ ދާއިމީވާ ދުވަހުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއަދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެންޑިޑޭޓުންނަށެވެ. މި މަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ. 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދެވޭނީ އިންޓަރވިއުއަށްފަހުއެވެ.
  5. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  6. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  7. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003168 އަށެވެ.

 

26 ޑިސެންބަރު 2016