ވަޒީފާގެ ފުރުޞަތު
ނަންބަރު: GS101/IUL/2016/17
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:36
ސުންގަޑި: 05 ޖަނަވަރީ 2017 12:00
ނަރުދޫ ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 3 (ތިނެއް)

ވަޒީފާގެ ގިންތި: ކޮންޓްރެކްޓް (ދިރާސީ އަހަރުގެ ނިޔަލަށް – ކިޔަވައިދިނުން ރަނގަޅުނަމަ 3 މަހުން ކޮންޓްރެކްޓް އައުކުރާގޮތަށް)

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ތަނާއި ރަށް: ނަރުދޫ ސްކޫލް / ށ. ނަރުދޫ

މަޤާމުގެ އަސާސީ ޝަރުޠާއި، އަސާސީ މުސާރައާއި، ސަރވިސް އެލަވަންސް:

އަސާސީ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

މަތީސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ދާއިރާއިން ސެޓުފިކެޓު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސް ދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހައި ހަރަކާތްތައް ރާވައި ހިންގުން.

2. ޓައިމްޓޭބަލާ އެއްގޮތަށް ކިޔަވައިދިނުން.

3. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރިގޮތުގައި ބޭނުންކޮށްގެން ދަރިވަރުންގެ ނަތީޖާގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

4. މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1 . ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަ­ށް އިންޓަވިއުކޮށްގެން.

4. މީގެ އިތުރުން، ކޮމްޕިއުޓަރަށް / އައި.ސީ.ޓީ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބެލޭނެއެވެ.

އިންޓަވިއު:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، މި އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި މި ސްކޫލުގައެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލު ގެނައުން އެދެމެވެ.

ސުންގަޑި:

މި  މަޤާމަށް  ޝައުޤުވެރިވާ  އަދި  ޝަރުޠު  ފުރިހަމަވާ  ފަރާތްތަކުން، 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ށ. ނަރުދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާނަމަ، 6540577 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016