ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)101-AF/1/2016/225
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 17:25
ސުންގަޑި: 05 ޖަނަވަރީ 2017 13:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މި މިނިސްޓްރީގެ ނަންބަރު IUL)101-EP/1/2016/221 އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރުމަވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ދަށުން ގާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކަށް (ބީސީ) ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލައްވަން އެދޭ ފަރާތްތަކުން ސިޓީ ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ. މި މަޤާމުތަކާބެހޭ މައުލޫމާތާއި ބީސީ އާގުޅޭ މަޢުލޫމާތު، މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައިވާ ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

ބީސީ ގދ. ތިނަދުއަށް

- 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބީސީ ލ. ފޮނަދުއަށް

- 01 ބީ.ސީ މެނޭޖަރ

- 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

ބީސީ ޅ. ނައިފަރަށް

- 01 ބީ.ސީ މެނޭޖަރ

ބީސީ ދ. ކުޑަހުވަދުއަށް

- 01 ޓްރެއިނިންގ ކޯޑިނޭޓަރ

ބީސީ ހދ. ކުޅުދުއްފުށްޓަށް

- 01 ޓްރެއިނިންގ ކޯޑިނޭޓަރ

ބީސީ ހިތަދޫ (އައްޑޫ ސިޓީ) އަށް

- 01 ޓްރެއިނިންގ ކޯޑިނޭޓަރ

- 01 ބިޒްނަސް ޑިވެލޮޕްމަންޓް އޮފިސަރ

މި މަޤާމުތަކަށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އެކު އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ޤާއިމްކުރާ ރަށުގައެވެ. އަދި މާލޭގައި ނަމަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައެވެ. މިނިސްޓްރީއަށް މި ވަޒީފާތަކަށް އެދި ސިޓީ ހުށަހަޅުއްވާއިރު ތިރީގައި ދެންނެވިފައިވާ ލިޔުންތައް ހުށަހަޅުއްވަންވާނެއެވެ.

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • މަޤާމާއި ގުޅުންހުރި ތަޖުރިބާގެ ކުރު ޚުލާސާއެއް ސިޓީ ގައި ހިމެނިފައިވާންވާނެއެވެ.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އެޓެސްޓްކުރެވިފައި)
  • ކުރިން މަސައްކަތްކުރެއްވި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް ގައިވާ ގޮތުގެ މަތިން، 2017 ޖަނަވަރީ 5 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށް އެދޭކަމަށް ބަޔާންކޮށް ސިޓީ އަދި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ހުށަހަޅުއްވާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

މަޤާމުގެ ޓާރމްސް އޮފް ރިފަރެންސް، މިމިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ލިބިލައްވާނެއެވެ.

ސިޓީއުރައިގެ ބޭރުގައި 'ބިޒްނަސް ޑިވެލޮޕްމަންޓް ސަރވިސް ސެންޓަރގެ ވަޒީފާއަށް އެދި' މިހެން ލިޔެވިފައި އޮންނަންވާނެއެވެ.

ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ވަޒީފާއަށް އަދި ސިޓީ ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.                              

ފޯނު: 3333171، 3333160 (960)+                                

އީމެއިލް: [email protected]

ވީމާ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏27‏ ރަބީޢުލްއައްވަލް‏ 1438

26 ޑިސެންބަރު 2016