ވަޒީފާގެ ފުރުޞަތު
ނަންބަރު: GS126/2016/IL23
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 04 ޖަނަވަރީ 2017 14:00
ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ޕްރައިމަރީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު: 

މި ސްކޫލުގައި މަސައްކަތްކުރާނޭ ރިލީފް ޓީޗަރުން ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމް: ރިލީފް ޓީޗަރ (ޕްރައިމަރީ)

އޮފީސް: ރ. ވާދޫ ސްކޫލް

ސެކްޝަން: އެކަޑެމިކް ސެކްޝަން

ބޭނުންވާ އަދަދު: 1 (އެކެއް)

ކިޔަވައިދޭ ގްރޭޑް: ކީ-ސްޓޭޖް 1 އާއި 2

މުއްދަތު: 3 މަސްދުވަސް

މަޤާމް

މަޤާމުގެ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

 

ރިލީފް ޓީޗަރ

 

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

މަހަކު -/4،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ސާނަވީ ތަޢުލީމް ހާސިލުކޮށްފައިވުން.

މަހަކު -/5،500 ރުފިޔާ

މަހަކު -/1،500 ރުފިޔާ

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަހަކު -/6،090 ރުފިޔާ

މަހަކު -/2،500 ރުފިޔާ

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް:

ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

1. ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން.

2. ދަރިވަރުންނަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތައް ރާވައި ހިންގުން.

3. ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތުކުރުން.

4. ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށާއި، ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި މަސައްކަތް ކުރުން.

5. ދަރިވަރުންގެ އުޅުމާއި އަޚުލާޤު، ޤައުމީ މަންޙަޖާއި، ދިވެހި ސަގާފަތާއި ސްކޫލުގެ އަމާޒާއި ތަޞައްވަރުގައި ބަޔާކޮށްފައިވާގޮތަށް ހޭނުވުން.

ހުށަހަޅަންޖެހޭ މަޢުލޫމާތު:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ www.adh.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް  ކުރެވެން ވެސް ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖޭއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓުތައް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޓިޑްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

4. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު: ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި އިސްކަންދޭނެ ކަންކަން:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމް ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

ސުންގަޑި:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން، 2017 ޖަނަވަރީ 4 ވާ ބުދަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މި ސްކޫލަށް ފޯމު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ، އެ ފޯމު ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު ކުރެވޭނެ ތަނާއި ތާރީޚު:

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއުކުރުން އޮންނާނީ، ވާދޫ ސްކޫލުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ޑޮކިޔުމަންޓްތަކުގެ އަސްލު ގެނައުމަށް ސަމާލުކަންދިނުން އެދެމެވެ.

މި މަޤާމަށް އިންޓަވިއުކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ، މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ، ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 6580362 ނަންބަރު ފޯނަށެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016