ދިވެހިރާއްޖެ
އިޢުލާން
ކެފޭއެއް/ރެސްޓޯރެންޓެއް ތަރައްޤީކުރުމަށް އެސް.ޓީ.އޯ އުމަރު ޝޮޕިންގ އާކޭޑްގެ ޓެރަސް ކުއްޔަށް ދޫކުރުން
އެސްޓީއޯ އުމަރު ޝޮޕިންގ އާކޭޑްގެ ޓެރަސް ކުއްޔަށް ދޫކުރުމަށް ކުރެވުނު ނަންބަރު 60-އޭޑީއެމް/284/2016 އިޢުލާނު ބާޠިލުކޮށް އަލުން އެތަން ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވައިލަމެވެ.
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަން: އެސް.ޓީ.އޯ އުމަރު ޝޮޕިންގ އާކޭޑް ގެ ޓެރަސް
ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ މުއްދަތު: 5 އަހަރުދުވަސް
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންވެލައްވާ ބޭފުޅުން 2017 ޖަނަވަރީ 03 ވަނަ ދުވަހުގެ 16:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީކުރައްވަން ވާނެއެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2017 ޖަނަވަރީ 04 ވަނަ ދުވަހުގެ 16:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އޮންނާނެއެވެ.
ސުވާލު ހުށައެޅުން: މިކަމާ ގުޅޭގޮތުން ހުށަހަޅަން ބޭނުންވެލައްވާ ސުވާލުތައް 2017 ޖަނަވަރީ 09 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަން ވާނެއެވެ.
ބީލަން ހުށަހެޅުން: ބީލަންކަރުދާސް ހުށަހެޅުމުގެ ސުންގަޑިއަކީ 2017 ޖަނަވަރީ 16 ވަނަ ދުވަހުގެ 16:00 އެވެ. ބީލަން ކަރުދާސް ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަން ކަރުދާސްތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2017 ޖަނަވަރީ 16 ވަނަ ދުވަހު 16:00 ގައި އެސް.ޓީ.އޯގެ ހެޑް އޮފީހުގައެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، ގުޅުއްވާނީ:
ފޯނު: 3344196، 3344321
ފެކްސް: 3344633
އީމެއިލް: [email protected]
27 ރަބީޢުލްއައްވަލް 1438