މަސައްކަތް
ނަންބަރު: GS-122/2016/27
ޕަބްލިޝްކުރި ތާރީޚް: 27 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 10:19
ސުންގަޑި: 29 ޑިސެންބަރު 2016 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ސްކޫލް
ދިވެހިރާއްޖެ
ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް:

މި ސްކޫލުގެ ނަންބަރު: GS122/2016/25 އިޢުލާނުގައި ހިމެނިފައިވާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް އުނިކުރަންޖެހުމުން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

1. ސްޓޭޖްގެ ކްލާސްރޫމްގެ ކުދިދޮރުފަތްތަކުގައި ފިލާޖަހައި ދަވާދުލުން

2. އިމާރާތްތަކުގެ ކޮޅު ސީލިންގ މަރާމާތުކޮށް ކުލައާއި ދަވާދުލުން

3. ދިދަދަނޑީގައި ދަވާދުލުން

4. ތިން ފާޚާނާގައި ފްލެޝްޓޭންކް ބަދަލުކުރުމާއި ބައެއް ފާޚާނާތަކުގެ ފެންވައިރިން މަރާމާތުކުރުން

5. 1 ޖަންގުޝަން މަރާމާތުކުރުން

6. ބައެއް ފަންކާތައް ބަދަލުކުރުން

7. ފެންމުޑީގެ ދޮރާއި ދޮރުފަތް މަރާމާތުކުރުން

8. ދިޔަދޮވި މަރާމާތުކުރުން

9. އިމާރާތާއި މަގުފާރުގެ ބޯޑަރުގައި ކުލަލުން

10. ސްކޫލްގެ ހުރިހާ އިމާރާތެއްގެ ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން

11. މިހާރު ހުރި ފެންމޯޓަރު ނަގައި އާމޯޓަރެއް ހަރުކޮށް ފެންވައިރިންއަށް ގެންނަންޖެހޭ ބަދަލު ގެނައުން

12. ފެންމުޑިއަށް އަރަން ބޭނުންކުރާ ހަރުގަނޑު މަރާމާތުކުރުން

13. ފާޚާނާއެއްގެ މޫނު ދޮންނަތަށި ބަދަލުކުރުން

ވީމާ، މި މަސައްކަތްތައްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޑިސެންބަރު 29 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2017 ޖަނަވަރީ 5 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް މި ސްކޫލަށް ހާޒިރުވެ އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014)ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލްގެ 6580360 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

28 ރަބީޢުލްއައްވަލް 1438

27 ޑިސެންބަރު 2016