މަސައްކަތް
ނަންބަރު: ADMHR-MPL/2016/157
ޕަބްލިޝްކުރި ތާރީޚް: 26 ޑިސެންބަރު 2016
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 10 ޖަނަވަރީ 2017 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ނ.މާފަރަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދުން

އިޢުލާން

ޕޯސްޓްގެ ޚިދުމަތްދޭނެ އެޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ނ.މާފަރަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

  1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.
  2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެ ޚިދުމަތް ދިނުން.
  3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.
  4. ޕޯސްޓް ކާރގޯގެ ގޮތުގައި ލިބޭ މުދަލާއި، ފޮނުވާ މުދަލާ ހަވާލުވެ، ފޮނުވުމާއި، ރައްދުކޮށްދިނުން.
  5. ސްޓޭމްޕް ވިއްކުން.
  6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައި ދިނުން.

އެޖެންޓުކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

- ވިޔަފާރިކުރާ ނުވަތަ ވިޔަފާރިކުރުމުގެ ހުއްދަ އޮތް ފަރާތެއްކަމުގައިވުން. ނުވަތަ ރަށުގައި ހަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއްކަމުގައިވުން.

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/600 (ހަސަތޭކަ ރުފިޔާ)  އޭޖެންސީ އުޖޫރަ

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖޭހޭ ތަކެތި. 

  1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގަ ހުށަހެޅުއްވުން.
  2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރި ހުއްދަ ކޮޕީ އާއި ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ކްލަބް، ޖަމުޢިއްޔާ، ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީއާއި، ވެރިފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ޖަނަވަރީ 10 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުވާއިރު ސިޓީއުރައިގެ ބޭރުގައި "އެޖެންޓްކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިން ނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރގެ އެޑްމިން ސެކްޝަނަށެވެ. އަދި އަތޮޅު ތެރެއިން ނަމަ މި ކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި ކުންފުނީގެ ފޯނު ނަންބަރު 3009159 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.

27 ރަބީޢުލްއައްވަލް 1438

26 ޑިސެންބަރު 2016